ޔޫޕީއާރުގެ ހަތަރުވަނަ ރިވިއު ސެޝަން: ރާއްޖޭގެ ގާނޫނީ ވެރިކަމާއި އަންހެނުންގެ ޙައްޤުތަކަށް ބޮޑު ތަޢުރީފެއް

Advertisement

އެންމެ ފަސް

Advertisement

ޔުނިވަރސަލް ޕީރިއޮޑިކް ރިވިއު (ޔޫޕީއާރު) ގެ ހަތަރުވަނަ ސައިކަލްގައި ދިވެހިރާއްޖެއިން ބައިވެރިވެ، އެ ސެޝަން ކާމިޔާބުކަމާއެކު ނިންމާލައިފި އެވެ. ޖެ

ނީވާގައި ހުންނަ އ.ދ. ގެ އޮފީހުގައި ކުރިއަށްދިޔަ މި ރިވިއު ސެޝަންގައި، އިންސާނީ ޙައްޤުތައް ރައްކާތެރިކުރުމުގައި ދިވެހިރާއްޖެއިން ހާސިލްކޮށްފައިވާ ކާމިޔާބީތަކާއި، މިހާތަނަށް ކުރެވިފައިވާ މަސައްކަތްތައް ބައިނަލްއަގުވާމީ މުޖުތަމައާ ވަނީ ހިއްސާކޮށްފަ އެވެ. މި ސެޝަންގައި، ފާއިތުވި ސައިކަލްގައި ދިވެހިރާއްޖެއަށް ހުށަހަޅާފައިވާ ރެކޮމެންޑޭޝަންތައް ތަންފީޛުކުރުމަށް ރާއްޖެއިން ކޮށްފައިވާ މަސައްކަތްތަކަށް ބައިނަލްއަޤުވާމީ މުޖުތަމަޢުން ބޮޑު ތަޢުރީފެއް ލިބިފައިވެ އެވެ.

މި ރިވިއު ސެޝަންގައި، ދިވެހިރާއްޖޭގައި މަދަނީ އަދި ސިޔާސީ ޙައްޤުތައް ރައްކާތެރިކުރުމަށް ކުރެވެމުންދާ މަސައްކަތްތަކާއި، ގާނޫނު ތަންފީޒުކުރުން ހަރުދަނާކުރުމަށްޓަކައި ކުރެވެމުންދާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުވާލާފައިވެ އެވެ. ޚާއްސަކޮށް، ޤާނޫނުގެ ވެރިކަން ނެގެހެއްޓުމަށްޓަކައި ހިންގުމުގެ ނިޒާމާއި، ޤާނޫނީ އޮނިގަނޑާއި، ޢަދުލު އިންސާފުގެ ނިޒާމު ހަރުދަނާކުރުމަށް ކޮށްފައިވާ މަސައްކަތްތައް 104 ޤައުމުން ބައިވެރިވި މި ސެޝަންގައި ވަނީ ފާހަގަކޮށްފަ އެވެ. މީގެ އިތުރުން، އިގްތިސޯދީ، އިޖުތިމާޢީ އަދި ސަގާފީ ހައްގުތައް ރައްކާތެރިކުރުމަށް ކުރެވޭ މަސައްކަތްތަކާ ގުޅޭގޮތުން ޔޫޕީއާރު ވޯކިންގ ގްރޫޕާ މައުލޫމާތު ހިއްސާކުރެވުނެވެ.

ބައިނަލްއަޤުވާމީ މުޖުތަމަޢުން ވަނީ އަންހެނުންނާއި، ކުޑަކުދިންނާއި، ޚާއްޞަ ރައްކާތެރިކަން ބޭނުންވާ ފަރާތްތަކުގެ ޙައްޤުތައް ރައްކާތެރިކުރުމަށް ދިވެހިރާއްޖެއިން ކުރަމުންދާ މަސައްކަތްތަކަށް ޚާއްސަ ތައުރީފެއް ދީފަ އެވެ. މީގެ އިތުރުން، މޫސުމީ ބަދަލުތަކާގުޅޭގޮތުން ދިވެހިރާއްޖެއިން ކުރަމުންދާ މަސައްކަތްތަކަށްވެސް ތައުރީފު ލިބިފައިވެ އެވެ.

ބަންޑާރަ ނައިބުގެ އޮފީހުން ބުނެފައިވާ ގޮތުގައި މިކަމުން ދައްކުވައިދެނީ ދިވެހިރާއްޖެއިން ހޯދަމުންދާ ތަރައްޤީ އާއި ކާމިޔާބީ ބައިނަލްއަޤުވާމީ މުޖުތަމަޢުން ބަލައިގަންނަކަމެވެ.

ދިވެހި ސަރުކާރުން އަބަދުވެސް އިންސާނީ ހައްގުތަކާއި މިނިވަންކަން ލިބިދިނުމުގައި ޢަމަލުކުރާނީ، ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި، އިސްލާމްދީނުގެ ހަމަތަކާއި، ދިވެހީންގެ ޘަޤާފަތާ އެއްގޮތްވާގޮތުގެ މަތިންކަން ވަނީ ޚާއްޞަގޮތެއްގައި ފާހަގަކޮށްފަ އެވެ.

މި ރިވިއު ސެޝަންގައި ބައިވެރިވި ހުރިހާ ޤައުމަކުންވަނީ، ކުރިއަށް އޮތް ސައިކަލްގައި ދިވެހިރާއްޖެއިން ތަންފީޛުކުރުމަށްޓަކައި ރެކޮމެންޑޭޝަންތައް ހުށަހަޅާފަ އެވެ. ގިނަ ރެކޮމެންޑޭޝަންތަކަކީ، އަންހެނުން ބާރުވެރިކޮށް، މިންތީގެ ހަމަހަމަކަން ޤާއިމްކުރުމަށާއި، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމަށާއި، އިންސާނީ ވަގުފާރި ހުއްޓުވުމަށާއި، މޫސުމީ ބަދަލުތަކުން ކުރާ އަސަރު ކުޑަކުރުމަށް މިހާރުވެސް ދިވެހިރާއްޖެއިން ކުރަމުންދާ މަސައްކަތްތައް އެގޮތުގައި ކުރިޔަށްގެންދިޔުމަށް ހުށަހަޅާފައިވާ ރެކޮމެންޑޭޝަންތަކެވެ.

މި ރެކޮމެންޑޭޝަންތައް ބަލައިގަތުމާގުޅޭގޮތުން ގޮތެއް ނިންމުމަށްޓަކައި، 12 ޑިސެންބަރު 2025 އާ ހަމައަށް ދިވެހިރާއްޖެއަށް ފުރުޞަތު ލިބިގެންދާނެ އެވެ.

ރާއްޖެ - އދ ބަންޑާރަ ނައިބުގެ އޮފިސް ބަންޑާރަ ނައިބް އަހުމަދު އުޝާމް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ