އެއްވެ އުޅުމުގެ ގާނޫނު އިސްލާހުކުރުމަކީ މި ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާގައި ހިމެނޭ ކަމެއް: އޭޖީ

Advertisement

އެންމެ ފަސް

Advertisement

އެއްވެ އުޅުމުގެ ގާނޫނު އިސްލާހުކުރުމަކީ މި ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާގައި ހިމެނޭ ކަމެއް ކަމަށް އެޓާނީ ޖެެނެރަލް އަހުމަދު އުޝާމް ވިދާޅުވެއްޖެ އެވެ.

އުޝާމް މިހެން ވިދާޅުވެފައި ވަނީ، މަޖިލީހުގެ މިއަދުގެ ޖަލްސާގައި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް އަހުމަދު ނަސީމް ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

މެންބަރު ކުރެއްވި ސުވާލަކީ އެއްވެ އުޅުމުގެ ގާނޫނު މިހާރު އޮތް ގޮތް ގާނޫނުއަސާސީއާ ހިލާފުވާ ކަމަށް އުޝާމް ކުރިން ވިދާޅުވެފައިވާތީ، އެ ގާނޫނު ބާތިލްކުރެވޭނެތޯ އެވެ.

މެންބަރުގެ ސުވާލަށް ޖަވާބުދެއްވަމުން އުޝާމް ވިދާޅުވީ، އެއްވެ އުޅުމުގެ ގާނޫނު އިސްލާހުކުރުމަކީ މި ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާގައި ހިމެނޭ ކަމެއް ކަމަށާއި، އެ އިސްލާހު ވަރަށް އަވަހަށް އިސްލާހުކުރަން މަޖިލީހަށް ފޮނުވާނެ ކަމަށެވެ.

”މި ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާގައި ހިމެނިފައި އޮތް ކަމެއް އެއްވެ އުޅުމުގެ ގާނޫނު އިސްލާހުކުރުމަކީ. އެހެންވީމާ އަޅުގަނޑުމެން އެ އިސްލާހު މަޖިލީހަށް ހުށަހަޅާނަން،“

އެއްވެ އުޅުމުގެ ގާނޫނު ހަރުކަށިކޮށް، އެއްވެވޭ ތަންތަން މަދުވާ ގޮތަށް ގާނޫނު ބަދަލުކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގަ ކުރީގެ މަޖިލީހުން އޮގަސްޓް 18، 2016 ގަ އެވެ. އެ އިސްލާހަށް ފަހު، މާލޭގައި ހުއްދަ ނުހޯދާ މުޒާހަރާކުރެވޭނީ ކާނިވާ ސަރަހައްދުގައި އެކަނި ކަމަށް އޮތީ ކަނޑައަޅައިފަ އެވެ.

ރައްޔިތުންގެ މަޖިލިސް ބަންޑާރަ ނައިބުގެ އޮފިސް ބަންޑާރަ ނައިބް އަހުމަދު އުޝާމް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ