ކަނޑުގެ މައްސަލައިގެ ހޯދުންތައް މި މަހު ކެބިނެޓަށް ހުށަހެޅޭނެ: އޭޖީ

Advertisement

އެންމެ ފަސް

Advertisement

ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ވިއްކާލި ކަމަށް ބުނާ މައްސަލައިގެ ހޯދުންތައް މި މަހު ކެބިނެޓަށް ހުށަހެޅޭނެ ކަމަށް އުންމީދުކުރައްވާ ކަމަށް ބަންޑާރަނައިބު އަހުމަދު އުޝާމް ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ހުސައިން ޝަރީފް ވަނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ވިއްކާލި ކަމަށް ދިވެހީން ގަބޫލުކުރާ ކަމަށާއި އެކަން ގޮސްފައި އޮތީ ކިހާ ހިސާބަކަށްތޯ ސުވާލު ކުރައްވާފަ އެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން އުޝާމް ވިދާޅުވީ، އެމްޑީޕީ ސަރުކާރުން ނިންމި ބައެއް ނިންމުންތަކާ ގުޅިގެން ރާއްޖޭގެ ކަނޑުގެ ބައެއް ގެއްލިފައިވާ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އަދި އެ މައްސަލަ ރާއްޖޭއާއި ރާއްޖޭން ބޭރުގެ ކަމާ ގުޅުންހުރި ތަޖުރިބާކާރުން ކުއްޔަށް ނަގައިގެން ކުރިއަށް ގެންދެވޭ ގޮތްތައް ބަލަމުން އަންނަ ކަމަށެވެ.

”ވަރަށް ބޮޑަށް އުންމީދުކުރެވޭ މި މަސްތެރޭ އަޅުގަނޑުމެންނަށް ކެބިނެޓަށް އަޅުގަނޑުމެންގެ ފައިންޑިންސް ހުށަހެޅޭނެ ކަމަށް.“

ކެބިނެޓުން މައްސަލައިގައި ގޮތެއް ނިންމުމުން ކަނޑުގެ މައްސަލައިގައި ކުރިއަށްދާނެ ގޮތްތައް އިއުލާނުކުރާނެ ކަމަށްވެސް އުޝާމް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލިސް ބަންޑާރަ ނައިބުގެ އޮފިސް ބަންޑާރަ ނައިބް އަހުމަދު އުޝާމް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ