މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއަރ އޮޕަރޭޓާރސް (މަޓާޓޯ) އިން ކޮންމެ އަހަރަކު ނެރޭ މޯލްޑިވްސް ފައިންޑަރ 2025 މަޖައްލާ މިއަދު ރަސްމީކޮށް އިފްތިތާހުކޮށްފި އެވެ.
މި މަޖައްލާ އިފްތިތާހުކޮށްދެއްވީ ލަންޑަންގައި މިހާރު ކުރިއަށްދާ ވޯލްޑް ޓްރެވަލް މާކެޓު ފެއަރގައި ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލެވެ.
މި މަޖައްލާ ނެރެފައިވަނީ މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އާއި ފަތުރުވެރިކަމާ ބެހޭ މިނިސްޓްރީގެ އެންޑޯސްމަންޓާ އެކުގަ އެވެ. މި މަޖައްލާގައި ރާއްޖޭގެ އެކި ކަންކަން ހިމަނާފައިވާއިރު، ރާއްޖޭގައި ދޭ ބައިނަލްއަޤްވާމީ ފެންވަރުގެ ކެއުންބުއިމާއި، ފޮޓޯގްރަފީއާއި، ސަގާފަތާއި، އަދި ރާއްޖޭގެ ރީތި އެކި މަންޒަރުތަކުގެ މައުލޫމާތު ހިމަނާފައި ވެއެވެ.
މީގެ އިތުރުން، މި އަހަރުގެ އަދަދުގައި ފަތުރުވެރިކަމުގެ ދާއިރާގައި ފާހަގަކޮށްލެވޭ ޝަހްސިއްޔަތުތަކާއި، ހުނަރުވެރިންނާއި، އަދި އެކި ވިޔަފާރީތަކުގެ ލިޔުންތަކުގެ އިތުރުން ދަތުރުވެރިންނަށް ބޭނުންވާ މުހިންމު މައުލޫމާތު ހިމަނާފައިވާކަން ފާހަގަކޮށްލެވެ އެވެ.
މި މަޖައްލާ އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މަޓާޓޯގެ ސީއީއޯ އާމިނަތު ސޫޒަން ވިދާޅުވީގޮތުގައި މަޖައްލާ ނެރުމުގެ މައިގަނޑު މަގްމި މަގްސަދަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ އިތުރަށް ކުރިއެރުވުމާއި، ބައިނަލްއަޤްވާމީ ފެންވަރުގައި ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކޮށް، އިތުރު ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރުމަށް ހިތްވަރު ދިނުމެވެ.
މިނިސްޓްރީ އޮފް ޓޫރިޒަމް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓަސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) ޓުއަރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލް