އަމާޒަކީ މިއަހަރު ހަންކެޑެ ތަރައްގީ ކުރަން ފަށާ، މިދައުރުގައި ހުޅުވުން: މިނިސްޓަރު ޠާރިޤް

Advertisement

އެންމެ ފަސް

Advertisement

އައްޑޫ ސިޓީ ހަންކެޑެގައި މިއަހަރު ފަތުރުވެރިކަމުގެ މަޝްރޫއެއް ފަށާ މިދައުރުގެ ތެރޭގައި އެތަން ހުޅުވުމަކީ އަމާޒެއްކަމަށް ޓޫރިޒަމް މިނިސްޓަރު ޠާރިޤް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ޠާރިޤް މިހެން ވިދާޅުވީ އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގަ އެވެ.

ޓޫރިޒަމް މިނިސްޓްރީން ނިންމާފައިވަނީ ހަންކެޑެ އިންޓަގްރޭޓެޑް ޓޫރިޒަމް މަޝްރޫޢެއްގެ ގޮތުގައި ތަރައްޤީކުރުމަށެވެ. އަދި މި ރަށް ތަރައްޤީކުރުމަށް ބީލަމުގެ އުސޫލުން ހުޅުވާލުމުގެ މަސައްކަތް ކުރަމުންދާކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.

މިނިސްޓަރު ވިދާޅުވީ ހަންކެޑަ ތަރައްޤީކުރުމަށް މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަނާއެކު ވެފައިވާ އެއްބަސްވުން 28 ސެޕްޓެންބަރު 2025 ގައި ބާތިލުކޮށްފައިވާ ކަމަށެވެ. އަދި އިއްޔެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނެރުއްވި ޤަރާރު ނަންބަރު 25/2025 އިން، އެ ރަށަކީ ސަރުކާރުގެ ޓޫރިޒަމް ރިއަލް އެސްޓޭޓް ޑިވެލޮޕްމަންޓް ޕްރޮޖެކްޓެއް ހިންގާ ސަރަޙައްދެއްގެ ގޮތުގައި ކުރިން ކަނޑައެޅި ޤަރާރު އުވާލާފައިވާކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

މިނިސްޓަރު ވިދާޅުވީ ހަންކެޑަ ”ހަލާލް ޓޫރިޒަމް“ ތަރައްޤީކުރުމަށް ހުޅުވާލެވުނު ރަށްތަކުގެ ލިސްޓުންވެސް އުނިކޮށްފައިވާ ކަމަށެވެ. މި ރަށުގެ ބަދަލުގައި އައްޑޫ އަތޮޅުގެ ދޮންހެރަ (LD1453 ގައިވާ ރަށާއެކު) ”ހަލާލް ޓޫރިޒަމް“ ތަރައްޤީކުރުމަށް ޓޫރިޒަމް މިނިސްޓްރީން މިއަދު ވަނީ ބީލަމަށް ހުޅުވާލައިފަ އެވެ.

އަމާޒަކީ ހަންކެޑަ ތަރައްޤީކުރުމުގެ އަމަލީ މަސައްކަތް މި އަހަރު ތެރޭގައި ފަށައި، ރައީސް މުޢިއްޒުގެ މި ދައުރުގައި އެ ރަށް އޮޕަރޭޝަންސްއަށް ގެނައުންކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އައްޑޫސިޓީގެ ފަތުރުވެރިކަން އިތުރަށް ތަރައްޤީކުރުމަށް ސަރުކާރުން ގެންގުޅުއްވާ ވިސްނުމުގެ ދަށުން ހަންކެޑެގައި ފަތުރުވެރިކަމުގެ އާ މަޝްރޫއެއް ފައްޓަވަން ނިންމެވި އިރު 2020 ވަނަ އަހަރު ކޮވިޑާ ގުޅިގެން ބަންދު ކުރި އައްޑޫ ސިޓީ ޝަންގްރި-ލާ ރިސޯޓު އަލުން ހުޅުވަންވެސް ވަނީ ނިންމާފަ އެވެ. ޝަންގްރި-ލާ ރިސޯޓު ހުޅުވަން ނިންމާފައިވަނީ މިއަދުގެ ޑިސެމްބަރު 31 ވަނަ ދުވަހު އެވެ.

މި މަޝްރޫތަކުގެ ސަބަބުން އައްޑޫސިޓީގެ އިޤްތިޞާދަށާއި ވަޒީފާގެ ފުރުޞަތުތަކަށް އިޖާބީ ބަދަލުތަކެއް އަންނާނެ ކަމަށް ސަރުކާރުން ބުނެ އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިނިސްޓަރ ޠާރިޤު އިބްރާހީމް މިނިސްޓްރީ އޮފް ޓޫރިޒަމް މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް ފަތުރުވެރިކަން

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ