ސްޕެއިންގެ ގައުމީ ދުވަހާ ގުޅިގެން މިނިސްޓަރު ހަލީލްގެ ތަހުނިޔާގެ މެސެޖެއް

Advertisement

Advertisement

އެންމެ ފަސް

Advertisement

ސްޕެއިންގެ ގައުމީ ދުވަހުގެ މުނާސަބަތުގައި ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ސްޕެއިންގެ ފޮރިން މިނިސްޓަރަށް ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފި އެވެ.

ސްޕެއިންގެ ފޮރިން މިނިސްޓަރު ހޯސޭ މެނުއަލް އަލްބަރެސް ބުއެނޯއަށް މިނިސްޓަރު ހަލީލު ތަހުނިޔާގެ މެސެޖެއް ފޮނުއްވާފައިވަނީ މިއަދުގެ ވަގުތެއްގަ އެވެ.

މިނިސްޓަރު ހަލީލް ފޮނުއްވި މެސެޖުގައި ވިދާޅުވެފައިވަނީ ސްޕެއިންގެ ގައުމީ ދުވަހުގެ މުނާސަބަތުގައި ސަރުކާރާއި ރާއްޖޭގެ ރައްޔިތުންނާއި އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި ސްޕެއިންގެ ގައުމީ ދުވަހުގެ މުނާސަބަތުގައި ސްޕެއިންގެ ފޮރިން މިނިސްޓަރަށާއި ސްޕެއިންގެ ސަރުކާރަށާއި އެގައުމުގެ ރައްޔިތުންނަށް ހިތުގެ އަޑިން ތަހުނިޔާ ފޯރުކޮށްދިނުމަކީ ލިބިވަޑައިގެންނެވި ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

މީގެ އިތުރުން ރާއްޖެއާއި ސްޕެއިންއާ ދެމެދު ޑިޕްލޮމެޓިކް ގުޅުން ގާއިމު ކުރިތާ 45 އަހަރު ފުރުނުކަން މިނިސްޓަރު ހަލީލް ވަނީ ފާހަގަ ކުރައްވާފަ އެވެ. އަދި ކުރިއަށް އޮތް އަހަރުތަކުގައިވެސް ރާއްޖެއާއި ސްޕެއިންގެ އެކުވެރިކަމާއި ގާތް ގުޅުންތައް ކުރިއަރާނެކަމުގެ ޔަގީންކަން އެބަ އޮތްކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.

މިނިސްޓަރު ހަލީލްވަނީ އެމަނިކުފާނުގެ ތަހުނިޔާގެ މެސެޖު ގަބޫލު ކުރެއްވުމަށް ސްޕެއިންގެ ފޮރިން މިނިސްޓަރުގެ އަރިހުން އެދިވަޑައިގެންފަ އެވެ.

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ސްޕެއިން

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ