މި ސީޒަނަށްފަހު އަލްބާ ފުޓުބޯޅައިން ރިޓަޔާ ކުރަނީ

Advertisement

އެންމެ ފަސް

Advertisement

ސްޕެއިން އަދި ބާސެލޯނާގެ ކުރީގެ ޑިފެންޑަރު، ޖޯޑި އަލްބާ މި ސީޒަނަށްފަހު ފުޓުބޯޅައިން ރިޓަޔާކުރަން ނިންމައިފި އެވެ.

އުމުރުން 36 އަހަރުގެ ކުޅުންތެރިޔާ ވަނީ ސްޕެއިން އާއެކު 2012 ވަނަ އަހަރުގެ ޔޫރޯ އާއި ބާސެލޯނާ އާއެކު ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފަ އެވެ. އޭނާ މޭޖާ ލީގް ސޮކާ (އެމްއެލްއެސް)ގެ އިންޓަ މިއާމީއާ ގުޅުނީ 2023 ވަނަ އަހަރު އެވެ. އިންޓަ މިއާމީ އަކީ ބާސެލޯނާގެ ކުރީގެ ކުޅުންތެރިން ކަމަށްވާ ލިއޮނެލް މެސީ، ލުއިސް ސުއަރޭޒް އަދި ސާޖިއޯ ބުސްކެޓްސް ކުޅޭ ޓީމެވެ.

އަލްބާ ފުޓުބޯޅަ ކުޅުން ހުއްޓާލާނީ މިހާރު ކުރިޔަށްދާ އެމްއެލްއެސްގެ ސީޒަނަށްފަހު އެވެ. މިއާމީ ވަނީ ޕްލޭ-އޮފް އަށް ކޮލިފައިވެފަ އެވެ. އެ މެޗުތައް ނިމުމަށް ހަމަޖެހިފައިވަނީ ޑިސެންބަރު މަހު އެވެ.

އަލްބާ ބުނީ، އޭނާގެ ހަޔާތުގެ އެންމެ މުހިންމު އެއް ބައި ނިމުމަކަށް އައިސްފި ކަމަށެވެ. އަދި މި ސީޒަނަށްފަހު ކުޅުން ހުއްޓާލާނެ ކަމަށާއި، ކުޅުން ހުއްޓާލަން ނިންމީ ވަރަށް ހިތްހަމަޖެހިގެން ކަމަށް އަލްބާ ބުންޏެވެ.

އަލްބާ ސްޕެއިންގެ ގައުމީ ޓީމުން ރިޓަޔާކުރީ 2023 ވަނަ އަހަރުއެވެ. އޭނާ ވަނީ ސްޕެއިން ޓީމަށް 93 މެޗު ކުޅެދީފަ އެވެ.

ބާސެލޯނާ ސްޕެއިން

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ