ޓީޗަރުން ތަމްރީނުކުރުމަށް ފައިސާ ހުރީ ހަމަޖެހިފައި: މިނިސްޓަރު ޝަފީއު

Advertisement

Advertisement

އެންމެ ފަސް

Advertisement

ޓީޗަރުން ތަމްރީން ކުރުމަށް އެކަށީގެންވާ މިންވަރަށް ފައިސާ ހަމަޖެހިފައިވާކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެއްޖެ އެވެ.

ޝަފީއު މިހެން ވިދާޅުވީ ހަތްވަނަ ބައިނަލްއަގްވާމީ ޓީޗަރުންގެ ކޮންފަރެންސް އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ތައުލީމީ ކަންކަން ހަރުދަނާ ކުރުމަށް އެކުގައި މަސައްކަތް ކުރާ ޕާޓްނަރެއްކަމަށްވާ ގްލޯބަލް ޕާޓްނަޝިޕް ފޯ އެޑިއުކޭޝަން (ޖީޕީއީ) އިން ރާއްޖެއަށް 5 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށެވެ. އަދި މި ފައިސާގެ ތެރެއިން ޓީޗަރުން ތަމްރީން ކުރުމަށް އެކަށީގެންވާ އަދަދެއް މިހާރުވަނީ ހަމަޖައްސާފައިކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ޓީޗަރުން ތަމްރީން ކުރުމުގެ ޕްރޮގްރާމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ މެނިފެސްޓޯގައި ހިމެނޭކަމެއްކަން މިނިސްޓަރު ޝަފީއު ވަނީ ފާހަގަ ކުރައްވާފަ އެވެ.

މި ޕްރޮގްރާމުގެ ތެރެއިން މިއަހަރަށް ޓާގެޓު ކުރި އަދަދަށް ވުރެ ގިނަ ދަރިވަރުންނަށް ފުރުސަތު ދެވިފައިވާކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެގޮތުން މިއަހަރަށް ޓާގެޓުކޮށްފައިވަނީ އަލަށް ޓީޗިން ހަދާ 120 ދަރިވަރަކަށް ފުރުސަތު ދިނުމަށެވެ. ނަމަވެސް މިއަހަރުގެ މިހާތަނަށް 130 ދަރިވަރަކަށް އެ ފުރުސަތު ދީފައިވާކަމަށް މިނިސްޓަރު ޝަފީއު ވިދާޅުވި އެވެ.

މީގެ އިތުރުން މިނިސްޓަރު ވަނީ މިއަހަރަކީ މިހާތަނަށް އެންމެ ގިނަ ދަރިވަރުން ޓީޗިން ހެދުމަށް އެންރޯލްވާނެ އަހަރުކަމަށް ވިދާޅުވެފަ އެވެ.

އިންޓަރނޭޝަނަލް ޓީޗަރސް ކޮންފަރެންސް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު އެޑިއުކޭޝަން މިނިސްޓްރީ ޓީޗަރުން

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ