ކުނބުރުދޫ ސުކޫލު އިމާރާތްކޮށް ބަނދަރު ތަރައްގީ ކުރަން އެމްޓީސީސީ އާ ހަވާލުކޮށްފި

Advertisement

އެންމެ ފަސް

Advertisement

ކުނބުރުދޫ ސުކޫލު އިމާރާތް ކުރުމާއި ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފި އެވެ.

މި ދެ މަޝްރޫ އެމްޓީސީސީ އާ ހަވާލުކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިހާރު އދ. އަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ. ސުކޫލު އިމާރާތް ކުރުމާ ގުޅޭ އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޑީސީޕީ ރިޑަޔާޑް އަހުމަދު ސައުދީ އެވެ. އަދި އެޑިޔުކޭޝަން މިނިސްޓްރީގެ ފަރާތުން ސައިކުރެއްވީ މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު އެވެ.

އެމްޓީސީސީ އިން މައުލޫމާތި ދިން ގޮތުގައި މި މަޝްރޫއުގެ ދަށުން 9500 އަކަފޫޓުގެ ސަރަހައްދެއްގައި 3 ފަންގިފިލާގެ އިމާރާތެއް ބިނާ ކުރުމަށް ހަމަޖެހިފައިވެ އެވެ. 22.3 މިލިއަން ރުފިޔާ އަށް ހަވާލުކޮށްފައިވާ މި މަޝްރޫއު އެ ކުންފުނިން 540 ދުވަސް ތެރޭ ނިންމަން ޖެހޭނެ އެވެ.

”މިއީ ތައުލީމީ ފުރުސަތުތައް ރަށުގައި ތިބެގެން ހޯދޭނެ އިތުރު މަގެއް ފަހިވެގެންދާނޭ ކަމެއް. އަދި ތައުލީމީ ޖީލެއް ބިނާ ކުރުމަށް ރަށު ރައްޔިތުން ކުރަމުން އަންނަ މަސައްކަތަށް ލިބުނު ބޮޑު ކުރިއެރުމެއް“ އެމްޓީސީސީ އިން ބުނެފައިވެ އެވެ.

މި މަޝްރޫގެ އިތުރުން ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫ ވެސް ހަވާލުކޮށްފައިވަނީ އެމްޓީސީސީ އާ އެވެ. މި ކަަމާ ގުޅޭ އެއްބަސްވުމުގައި ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީގެ ފަރާތުން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ސޮއިކުރައްވާފައިވާއިރު އެމްޓީސީސީ ގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ އެމްޑީ ސައުދީ އެވެ.

މި މަޝްރޫގެ ދަށުން 28،740.90 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ފަޅާއި ނެރު ފުންކޮށް 444 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށި ލުމަށް ހަމަޖެހިފައިވާ ކަމަށް އެމްޓީސީސީ އިން މައުލޫމާތު ދީފައިވެއެ އެވެ. 20 މީޓަރުގެ ނެރު ބޭރުތޮއްޓެއް ލުމާއި، 246 މީޓަރުގެ ބަނދަރު ބޭރުތޮއްޓެއް ލުމާއި 38 މީޓަރުގެ މޫދު އަޑިއަށް ވާ ގޮތަށް ބޭރު ތޮއްޓެއް ލުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އެ ކުންފުނިން މައުލޫމާތު ދިނެވެ.

މީގެ އިތުރުން އެ ކުންފުނިން ބުނީ މި މަޝްރޫގެ ދަށުން 16 މީޓަރުގެ ރިވެޓްމެންޓް މަސައްކަތް ކުރުމުގެ މަސައްކަތާއި 2945 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުން ހަމަޖެހިފައިވާ ކަމަށެވެ. އަދި ބަދަރުބައްތި ވެސް މި މަޝްރޫގެ ތެރެއިން ޖަހާނެ ކަމަށް ވެސް ބުނެފައިވެ އެވެ.

މި މަޝްރޫއާއެކު ކުނބުރުދޫ ރައްޔިތުންނަށް ލަފާފުރުމުގައި ގިނަގުނަ ލުއިފަސޭހަތަކެއް ލިބި އުޅަނދުތައް އަޅާފައި ބެހެއްޓުމަށް ޖާގަ ތަނަވަސް ބަނދަރެއް ލިބިގެންދާނެ ކަމަށް އެމްޓީސީސީން ބުނެފައިވެ އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އދ. ކުނބުރުދޫ އެމްޓީސީސީގެ އެމްޑީ އަހުމަދު ސައުދީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މޯލްޑިވްސް ޓްރާސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ (އެމްޓީސީސީ)

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ