15 އަހަރަށްފަހު ސްކޫލް ކުދިންނަށް ކޭމްޕް ދާނެ ތަނެއް މާލެ ކައިރީގައި ހުޅުވައިފި

Advertisement

އެންމެ ފަސް

Advertisement

15 އަހަރަށްފަހު ސްކޫލް ކުދިން ކޭމްޕް ދާނެ ތަނެއް މާލެ ކައިރީގައި ހުޅުވައިފި އެވެ.

ކްރޮސް ރޯޑްސްގައި ޤާއިމްކޮށްފައިވާ މި ކޭމްޕް ސަރަހައްދު ހުޅުވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.

ކެޑޭޓު، ގައިޑު އަދި ސްކައުޓު ހަރަކާތްތަކުގައި ކޭމްޕް ދާނެ ތަނެއް މާލެ ކައިރީގައި ނެތުމަކީ ގިނަ ބައެއްގެ ކަންބޮޑުވުމަކަށް ވެފައިވާ ހިނދު، މި ކޭމްޕް ސަރަހައްދަކީ ޑްރީމް އައިލެންޑް ޓޫ ލިމިޓެޑް ކްރޮސްރޯޑްސްގެ އިޖްތިމާޢީ ޒިންމާގެ ދަށުން ޤާއިމްކޮށްދީފައިވާ ތަނެކެވެ.

މި ތަން ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވި ގޮތުގައި މިއީ ދަރިވަރުންނަށް ކިޔެވުމުގެ އެކި ހަރަކާތްތަކުގައި ބޭނުންކުރެވޭނެ ތަނެކެވެ.

”މިއީ ތައުލީމީ އެކި އެކި ހަރަކާތްތައް ކުރިއަށްގެންދާނެ ސަރަހައްދެއްގޮތަށް އޮންނާނީ، އަބަދު ކޭމްޕްތައް އެތަނުގައި ކުރިއަށް ނުދާނެ، އެހެން ވީމާ އެކި ދިރާސާތައް ކުދިން ކުރިއަށް ގެންދިޔުމަށްވެސް އެތަން ބޭނުންކުރެވޭނެ. އަދި އިތުރު ހަރަކާތްތަކަށްވެސް އެތަން ބޭނުންކުރާނެ،“ މިނިސްޓަރު ޝަފީއު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ކުދިންގެ ހުނަރުތައް ތަރައްގީކުރުމަށް މިތަނުގެ ބޭނުން ފުރިހަމައަށް ހިފުމަށް މަސައްކަތްކުރައްވާނެ ކަމަށެވެ.

3 ހެކްޓަރުގެ ސަރަހައްދެއްގައި ތަރައްޤީކޮށްފައިވާ މި ކޭމްޕް ސަރަހައްދުގައި އެޑްމިން އޮފީހަކާއި، ފަސްޓް އެއިޑް ރޫމަކާއި ދުވަހު ކޮޓަރިއާއި މިސްކިތެއް ޤާއިމްކޮށްފައިވެ އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު އެޑިއުކޭޝަން މިނިސްޓްރީ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ