ރައީސް މުއިއްޒު، ޕްރިންސިޕަލުންގެ މަހާސިންތާ އިފްތިތާހުކޮށްދެއްވައިފި

Advertisement

އެންމެ ފަސް

Advertisement

ރާއްޖޭގެ ސްކޫލްތައް ހިންގެވުމާ ހަވާލުވެވަޑައިގެން ތިއްބަވާ ޕްރިންސިޕަލުންނަށް ހާއްސަކޮށްގެން ބާއްވާ ޕްރިންސިޕަލުންގެ މަހާސިންތާ މިއަދު ކްރޮސްރޯޑްސް މޯލްޑިވްސްގައި ފަށައިފި އެވެ.

މި މަހާސިންތާ އިފްތިތާހުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެވެ. މި ރަސްމިއްޔާތަށް ރައީސް މުއިއްޒު ވަޑައިގެންނެވުމުން އެމަނިކުފާނަށް މަރުޙަބާ ދެންނެވީ މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑޮކްޓަރ އިސްމާޢީލް ޝަފީޢު އެވެ.

ދެ ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި މަހާސިންތާގައި ޖުމްލަ 210 ޕްރިންސިޕަލުން ބައިވެރިވެ އެވެ. މިއީ މީގެ ކުރިން ބޭއްވުނު މަހާސިންތާތަކާ ތަފާތު ގޮތަކަށް ކުރިއަށްދާނެ މަހާސިންތާއެއް ކަމަށް ތަޢުލީމީ ވުޒާރާއިން ވަނީ ފާހަގަކޮށްފަ އެވެ.

މި އަހަރުގެ މަހާސިންތާގެ އެންމެ ބޮޑު ޚާއްޞަކަމެއްގެ ގޮތުގައި ފާހަގަކުރެވެނީ މުދައްރިސުންގެ ޚިޔާލުތަކާއި މަޝްވަރާގެ މައްޗަށް ބިނާކޮށް މަހާސިންތާ ރޭވިފައިވުމެވެ. މީގެ އިތުރުން މުދައްރިސުން ތަމްރީނުކުރުމަށް އެކި ލެވެލްގައި ކުރެވިދާނެ ކަންކަމާއި، ފެންވަރު ރަނގަޅު މުދައްރިސުން ހޯދުމަށް ކުރަންޖެހޭ މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާކުރެވޭނެ އެވެ.

މި މަހާސިންތާގެ މައިގަނޑު މަޤްޞަދަކީ، ޤައުމަށް ވަފާތެރި، ވިސްނުންތޫނު އަދި ފިކުރު ރަނގަޅު ދަރިވަރުންތަކެއް ބިނާކުރުމަށްޓަކައި ސްކޫލްތަކުގެ މުދައްރިސުންނާއި މުވައްޒަފުންނާއެކު މަޝްވަރާކޮށް، އެކިއެކި ދާއިރާތަކުގެ ސިޔާސަތުތައް އިތުރަށް ހަރުދަނާކުރުމެވެ. މީގެ އިތުރުން، ޕްރިންސިޕަލުންނާއި އެޑިޔުކޭޝަން މިނިސްޓްރީގެ އިސްވެރިންގެ ޚިޔާލާއި މަޝްވަރާގެ އަލީގައި ތަޢުލީމީ ދާއިރާ އިތުރަށް ކުރިއެރުވުމަށް މަގުފަހިކުރުމެވެ.

މި ރަސްމިއްޔާތުގައި ރައީސް މުއިއްޒަށް ހަނދާނީ ފިލައެއް އަރުވާފައިވެ އެވެ. މި ފިލާ އެމަނިކުފާނާ ޙަވާލުކޮށްދެއްވީ މިނިސްޓަރު ޝަފީޢު އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ