ގާނޫނީ ޒިންމާ އަދާކޮށްފައިވަނީ އެންމެ 5 ކައުންސިލަކުން ކަމަށް ލޯކަލް ގަވާމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ބުނެފި އެވެ.
އެލްޖީއޭ އިން މިހެން ބުނެފައިވަނީ އެ އޮތޯރިޓީ އިން ނެރުނު ނޫސް ބަޔާނެއްގަ އެވެ.
ދިވެހި ރާއްޖޭގެ އިދާރީ ދާއިރާތަށް ލާމަރުކަޒީ އުސޫލުންގެ ގާނޫނުގެ 107 ވަނަ މާއްދާގައި ވާ ގޮތުގެ މަތިން ރައްޔިތުންނަށް އާންމުކޮށް ހުޅުވާލައިފައިވާ ބައްދަލުވުމެއް ކޮންމެ އަހަރަކު ޖުލައިމަހު ސިޓީ ކައުންސިލުންނާއި ރަށުކައުންސިލުން ބާއްވަން ޖެހޭ ކަމަށް އެލްޖީއޭ އިންބުނެ އެވެ.
އެލްޖީއޭ އިން ބުނެފައިވަނީ، އެ ގާނޫނުގައި ބަޔާން ކޮށްފައިވާ ފަދައިން 2024 ވަނަ އަހަރުގެ ޖުލައިމަހުގެ މި ބައްދަލުވުން ގާނޫނުގައި ކަނޑައަޅާފައިވާ މުއްދަތުގައި ބާއްވައި އެ އޮތޯރިޓީއައް އެ މައުލޫމާތު ހިއްސާކޮށްފައި ވަނީ އެންމެ 5 ކައުންސިލުން ކަމަށެވެ.
އެގޮތުން އެ ފަސް ކުންސިލަކީ:
- އައްޑޫ ސިޓި ކައުންސިލް
- ފުވައްމުލަށް ސިޓީ ކައުންސިލް
- މާލެ ސިޓީ ކައުންސިލް
- ކުޅުދުއްފުށި ސިޓީ ކައުންސިލް
- ތިނަދޫ ސިޓީ ކައުންސިލް
އަދި އެ ކައުންސިލުތަކުން ޒިންމާ އަދާކޮށްފައިވާތީ އެލްޖީއޭ އިން ވަނީ އެ ކައުންސިލްތަލަށް މަރުލަބާ ދަންނަވާފަ އެވެ.
ކުޅުދުއްފުށި ސިޓީ ކައުންސިލް އައްޑޫ ސިޓީ ކައުންސިލް މާލެ ސިޓީ ކައުންސިލް ފުވައްމުލަށް ސިޓީ ކައުންސިލް ތިނަދޫ ސިޓީ ކައުންސިލް ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ)