އައިލެންޑް ޕާފިއުމްސްއިން ކަސްޓަމަރުންނަށް ޚާއްސަ މޫވީ ނައިޓެއް ބޭއްވުމަށް ނިންމައި، މި މަހުގެ 27 ވަނަ ދުވަހު އޮލިމްޕަހުގައި ދައްކާ ”އިލްޒާމް“ ފިލްމުގެ ޝޯ އެއްކޮށް ގަނެފި އެވެ.
އެ ފިހާރައިން މިއަދު ހާމަކުރި ގޮތުގައި، އައިލެންޑް ޕާފިއުމްސްއިން ސެންޓް ފުޅިއެއް ގަންނަ ކޮންމެ ކަސްޓަމަރަކަށް ”އިލްޒާމް“ ގެ ޓިކެޓެއް ހިލޭ ލިބޭނެ އެވެ. އަދި ދެ ފުޅި ގަންނަ ކަސްޓަމަރުންނަށް ތިން ޓިކެޓް ހިލޭ ލިބޭނެ ކަމަށް އެ ފިހާރައިން ބުނެފައިވެ އެވެ.
މި ޕްރޮމޯޝަންގައި ބައިވެރިވުމަށް އައިލެންޑް ޕާފިއުމްސްގެ ކޮންމެ ފިހާރައަކުން 500 ރުފިޔާގެ ޚަރަދުކުރުމުން ފުދޭނެ އެވެ. މިއީ ރާއްޖޭގައި އެއްވެސް ފިހާރައަކުން ފިލްމެއްގެ ޝޯއެއް ގަތް ފުރަތަމަ ފަހަރު ކަމަށް އައިލެންޑް ޕާފިއުމްސްއިން ފާހަގަކޮށްފައިވެ އެވެ.

އައިލެންޑް ޕާފިއުމްސްއިން ބުނެފައިވާ ގޮތުގައި، އެ ރޭ އޮލިމްޕަހުގައި އެ ފިހާރައިގެ ފަރާތުން ގިނަ ޚާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ. މި ޓިކެޓް ހޯދުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މިއަދުން ފެށިގެން މި މަހުގެ 27 ވަނަ ދުވަހާ ހަމައަށެވެ.
”އިލްޒާމް“ ފިލްމުގެ މި ޚާއްސަ ޝޯ އޮންނާނީ މި މަހުގެ 27 ވަނަ ދުވަހުގެ ރޭ 20:15 ގައި އޮލިމްޕަހުގަ އެވެ.