ކައުންސިލްތަކުގެ ފަހު އަހަރު މުވައްޒަފުން ނެގުމާއި ބިން ދޫކުރުމުގެ އުސޫލު އާންމުކޮށްފި

Advertisement

އެންމެ ފަސް

Advertisement

ލާމަރުކަޒީ ގާނޫނަށް ސަރުކާރުން ގެނެސްފައިވާ އިސްލާހުގެ ދަށުން ކައުންސިލްތަކުގެ ފަހު އަހަރު މުވައްޒަފުން ނެގުމާއި ބިންތައް ދޫކުރުމުގެ އުސޫލު ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން އާންމުކޮށްފި އެވެ.

ކައުންސިލްތަކުގެ އުމުރު ހަމަވުމުގެ އެއް އަހަރު ނުވަތަ އެއަށްވުރެ ކުރު މުއްދަތުގައި، ކައުންސިލްތަކުން މުވައްޒަފުން ހޯދުމާއި، ކައުންސިލްގެ އިޚްތިޞާޞްގެ ދަށުގައިވާ ބިމާއި ފަޅާއި ފަރުގެ ސަރަހައްދު ކުއްޔަށް ދޫކުރުމާއި، ކައުންސިލްތަކުން އެކަށައަޅާފައިވާ ތަރައްގީގެ ޕްލޭންތަކުގައި ކަނޑައަޅާފައި ނުވާ މަޝްރޫޢުތައް ހިންގުމުގައި އަމަލުކުރާނެ ގޮތް މި އުސޫލުގައި ބަޔާންކޮށްފައިވެ އެވެ.

މިދިޔަ އޮގަސްޓް 14 ވަނަ ދުވަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގުކުރެއްވި ލާމަރުކަޒީ ގާނޫނުގެ 16 ވަނަ އިސްލާހުގައިވާ ގޮތުން، ކައުންސިލްތަކުގެ ފަހު އަހަރު ކައުންސިލްގެ އިދާރާތަކަށް މުވައްޒަފުން ނެގުމާއި ބިންތައް ދޫކުރުމުގައި ފިނޭންސް މިނިސްޓްރީ އާއި އެލްޖީއޭގެ ހުއްދަ ހޯދަންޖެހެ އެވެ.

މީގެ އިތުރުން، ފެނާއި ކަރަންޓު ފަދަ އަސާސީ ބޭނުންތަކަށް ދޫކުރާ ބިންތަކާއި އިމާރާތްތަކުން ކައުންސިލްތަކަށް ކުލި ނުނެގުމާއި، ކައުންސިލްތަކުން އާމްދަނީ ހޯދަން ކުރާ މަސައްކަތްތަކުން ސަރުކާރަށް ޓެކްސް ދެއްކުމާއި، ކައުންސިލްތަކުގެ އެކައުންޓުތަކުގައި ހުންނަ ފައިސާގެ މައުލޫމާތު ފިނޭންސް މިނިސްޓްރީ އާއި އެލްޖީއޭއިން އެދިއްޖެނަމަ ދިނުން ލާޒިމްކުރުންވެސް މި އިސްލާހުގައި ހިމެނެ އެވެ.

މިނިސްޓްރީ އޮފް ފިނޭންސް ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ)

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ