ސަން ސިޔާމުގެ ލޯނަށް ސަރުކާރުން ގެރެންޓީ ނުދޭން ނިންމައިފި

Advertisement

Advertisement

އެންމެ ފަސް

Advertisement

މަޝްހޫރު ވިޔަފާރި ވެރިޔާ އަދި މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމްގެ ރިސޯޓު ތަރައްގީ ކުރުމަށް 165 މިލިއަން ޑޮލަރުގެ ލޯނެއް ނަގަން ސަރުކާރުގައި އެދުނު ސޮވެރިން ގެރެންޓީ ނުދިނުމަށް ސަރުކާރުން ނިންމައިފި އެވެ.

މިކަން ސަރުކާރުން އަދި ހާމަކޮށްފައި ނުވި ނަމަވެސް އިތުބާރު ހުރި މަސްދަރަކުން ޖަވިޔަންޏަށް މިކަން ވަނީ ކަށަވަރުކޮށްދީފަ އެވެ.

ސިޔާމުގެ ލޯނަށް ސަރުކާރުން ގެރެންޓީ ނުދޭން ނިންމާފައިވަނީ ނިމިދިޔަ ހަފްތާގައިކަމަށް ޖަވިޔަންޏަށް މައުލޫމާތު ދިން ފަރާތުން ވިދާޅުވި އެވެ. އަދި އެ ނިންމުން ނިންމާފައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މަޝްވަރާއާއި އެކުކަމަށާއި ސިޔާމަށް މިހާރު އެކަން އަންގާފައިވާނެކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ސިޔާމް 165 މިލިއަން ޑޮލަރުގެ ލޯނެއް ނަގަނީ މާލެ އަތޮޅުގައި ”އެމަރަލްޑް ލެގޫން“ ނަމުގައި ރިސޯޓެއް ތަރައްގީ ކުރުމަށެވެ. ޗައިނާގެ ބޭންކަކުން ނަގާ މި ލޯނަށް ސަރުކާރުގެ ސޮވެރިން ގެރެންޓީ ބޭނުންވާކަމަށް ބުނެ ސިޔާމް ރައީސް މުއިއްޒަށް ސިޓީއެއް ފޮނުއްވީ އޭޕްރީލް 7، 2024 ގަ އެވެ.

ސިޔާމުގެ ލޯނަކަށް މީގެ ކުރިން ރައީސް ޔާމީނުގެ ވެރިކަމުގައި ވަނީ ސޮވެރިން ގެރެންޓީ ދީފަ އެވެ. އެއީ ނ. ދިގުރަށުގައި ”ސިޔާމް ވޯލްޑް“ ތަރައްގީ ކުރުމަށް ޗައިނާގެ އެގްޒިމް ބޭންކުން ނެގި 127 މިލިއަން ޑޮލަރުގެ ލޯނަށެވެ.

މެމްބަރު އަހުމަދު ސިޔާމް މުހައްމަދު

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ