މުދައްރިސުން ނެތް މުޖުތަމައެއްގެ ކުރިމަގެއް، އުންމީދެއް ނޯންނާނެ: ފަސްޓް ލޭޑީ ސާޖިދާ

Advertisement

އެންމެ ފަސް

Advertisement

މުދައްރިސުން ނެތް މުޖުތަމައުއެއްގެ ކުރިމަގެއް އަދި އުންމީދެއް ނޯންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލު، ފަސްޓްލޭޑީ ސާޖިދާ މުހައްމަދު ވިދާޅުވެއްޖެ އެވެ.

މެޑަމް ސާޖިދާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކޮންމެ މުދައްރިސަކީ ދަރިވަރުންނަށްޓަކައި މަންމައެއް، ބައްޕައެއް އަދި ބެލެނިވެރިއެއް ކަމަށެވެ.

”އެއްޖީލުން އަނެއްޖީލަށް ޢިލްމު ފޯރުކޮށްދެނީ އަދި ފަންނުތައް ވާރުތަކޮށްދެނީ މުދައްރިސުން. މުދައްރިސުން ނެތް މުޖްތަމަޢެއްގެ ކުރިމަގެއް، ތަހުޒީބެއް، ދިރުމެއް، އުންމީދެއް ނޯންނާނެ.“ ސާޖިދާ ވިދާޅުވިއެވެ.

މީގެ އިތުރުން މެޑަމް ސާޖިދާ ވިދާޅުވީ ހެޔޮލަފާ، ހީވާގި މުދައްރިސުންގެ އެހީތެރިކަމާއި ޚިދުމަތް އަބަދުމެ ދިވެހިރާއްޖެއަށް ލިބެމުން ދިއުމަށް އެދި ދުއާ ކުރައްވާ ކަމަށެވެ.

މުދައްރިސުންގެ ދުވަހަކީ ކޮންމެ ދުވަހެއްގެ އޮކްޓޫބަރު މަހުގެ ފަސް ވަނަ ދުވަހެވެ.

ޓީޗަރުންގެ ދުވަހާއި ގުޅިގެން ރައީސް މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މުދައްރިސުންގެ ބުރަ މަސައްކަތާއި ހިންމަތަކީ ދުނިޔެއާއި އާޚިރަތުގެ މަންފާ އޭގައި އެކުލެވިފައިވާ، މާއްދީ އެއްވެސް އެއްޗަކުން އަގުނުކުރެވޭނެ، ޤަދަރުވެރި، ފަހުރުވެރި ހިދުމަތެއް ކަމަށެވެ.

ރާއްޖޭގެ ދިދަ މާދަމާ އުފުލާނެ އަޒުމު ވަރުގަދަ، ހިތްވަރު ހުރި، މޮޅުކުދިން މިއަދު ތިބީ މަދަރުސާތަކުގައިކަން ފާހަގަކުރައްވައި ރައީސް މުއިއްޒު ވިދާޅުވީ ދިވެހީން އެދޭފަދަ ހަރުދަނާ ޖީލެއްގެ ގޮތުގައި އެކުދީން ތަރުބިއްޔަތު ވާނީ މުދައްރިސުން މިއަދު ދިން އިރުޝާދަކާއި ތައުލީމަކާއި އޯގާތެރިކަމަކުން ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ޓީޗަރުން

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ