ލަންޑަނުގެ ބަސްތަކުގައި ކުރަފީގެ އުނދަގޫ ބޮޑުވެއްޖެ

Advertisement

އެންމެ ފަސް

Advertisement

އިނގިރޭސިވިލާތުގެ ލަންޑަންގައި ޕަބްލިކް ޓްރާންސްޕޯޓުގެ ގޮތުގައި ދުއްވާ ބަސްތަކުގައި ކުރަފީގެ އުނދަގޫ ބޮޑުގެ ބަސް ޑްރައިވަރުން އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ލަންޑަންގައި ޕަބްލިކް ޓްރާންސްޕޯޓުގެ ގޮތުގައި ދުއްވާ ބަސްތަކުގެ ޑްރައިވަރުންނާ ހަވާލާދީ ބީބީސީގައި ބުނެފައިވަނީ، ގިނަ ބަސްތަކުގައި އަދި ބަސްތައް މަޑުކޮށް ޑްރައިވަރުން ކެއުމާއި ކަންކަން ކުރިއަށްގެންދިއުމަށް ހާއްސަކޮށްފައިވާ ތަންތަނުގައި ގިނަ އަދަދެއްގެ ކުރަފި އުޅެމުންދާ ކަމަށެވެ. މިކަމުގެ ސަބަބުން ބަހުގެ ހިދުމަތްހޯދާ މީހުންނަށާއި ޑްރައިވަރުންނަށް ގިނަ އުނދަގޫތަކާ ކުރިމަތިވާކަން ފާހަގަކޮށްފައިވެ އެވެ.

ބަސް ޑްރައުވަރުން ބީބީސީއަށް މައުލޫމާތުދެމުން ވަނީ ކުރަފީގެ އުނދަގުލުން ސަލާމަތްވުމަށް ވަގުތުން މަސައްކަތްކުރުމަށް ގޮވާލާފަ އެވެ.

ކުރަފީގެ އުނދަގޫ ބޮޑުވެ ބަސް ޑްރައިވަރުންގެ ކާތަކެތީގެ ތެރެއިންނާއި ބަސްތަކުގެ ގޮނޑިތައްފަދަ ތަންތަނުންވެސް ކުރަފި ފެންނަމުންދާކަމަށް ރިޕޯޓުކޮށްފައިވެ އެވެ.

ބަސް ސޭފްޓީ ކެމްޕޭންގައި ހަރަކާތްތެރިވާ މަދަނީ ޖަމިއްޔާއެއް ކަމަށްވާ ޓްރާންސްޕޯޓް ފޯ ލަންޑަންއާ ހަވާލާދީ ބީބީސީން ބުނެެފައިވަނީ، މިފަދަ ސޫފި އާލާވެ ގިނަވުމަކީ މަދުންނޫނީ ނުވާ ކަމެއް ކަމަށާއި އެހެންކަމުން ކުރަފީގެ އުނދަގޫ ބޮޑުވެފައިވާ މައްސަލަ ބަލަމުންދާ ކަމަށެވެ. އަދި ބަސްތައް އިތުރަށް ޑީޕް ކްލީން ކުރުމާއި ބަސްތަކުގައި ހުރި އިތުރު މައްސަލަތައް ހައްލުކޮށް ޑްރައިވަރުންނަށް މަސައްކަތްކުރުމަށް ފަސޭހަ ކުރުމުގެ ގޮތުން ކުރެވެންހުރި ކަންކަން ކުރުމަށްވެސް ބަސް ޑްްރައިވަރުން ވަނީ ގޮވާލާފަ އެވެ.

މީގެއިތުރުން ބަސް ޑްރައިވަރުންގެ ކަންބޮޑުވުންތަކަށް ހައްލެއް ހޯދުމަށް ނޮވެމްބަރު 5 ވަނަ ދުވަހު މުޒާހަރާއަށް ނިކުތުމަށްވެސް ނިންމާފައިވާކަމަށް ބީބީސީން ރިޕޯޓުކޮށްފައިވެ އެވެ.

ލަންޑަންގައި ބަހުގެ ހިދުމަތް ފޯރުކޮށްދިނުމަށް 8700 އަށްވުރެ ގިނަ ބަސް ހަރަކާތްތެރިވެ އެވެ. އަދި ބަސްތައް ދަތުރުކުރުމަށް 675 ބަސް ރޫޓެއް ކަނޑައަޅާފައިވެ އެވެ.

އިނގިރޭސި ވިލާތް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ