ވަރުބަލިވާތީ 100 އަހަރުވެފައިވާ މެލޭޝިޔާގެ ކުރީގެ ބޮޑުވަޒީރު އެދުމަތިކޮށްފި

Advertisement

އެންމެ ފަސް

Advertisement

މެލޭޝިޔާގެ ކުރީގެ ބޮޑުވަޒީރު މަހަތިރު މުހައްމަދު ވަރުބަލިވުމުގެ ސަބަބުން ކުއާލަލަމްޕޫރުގެ ނެޝަނަލް ހާޓް އިންސްޓިޓިއުޓްގައި އެނދުމަތިކޮށްފި އެވެ.

މިކަން އޭނާގެ އޮފީހުން އާދީއްތަ ދުވަހު ވަނީ ހާމަކޮށްފައެވެ.

100 އަހަރުވެފައިވާ މަހަތިރު ވަނީ އޭނާގެ އަނބިކަނބަލުން ހަސްމާ މުހައްމަދު އަލީގެ 99 ވަނަ އުފަން ދުވަހުގެ ޖަލްސާއަށް ވަޑައިގަތުމަށްފަހު ވަރުބަލިވެފައެވެ. މީޑިއާ ރިޕޯޓުތަކުން ދައްކާގޮތުގައި މަހަތިރު ވަރުބަލިވެ، ހޮސްޕިޓަލުގައި އެނދުމަތިކުރަންޖެހުނީ އެ ހަފްލާއަށް އެއް ގަޑިއިރު ވަންދެން ސައިކަލް ދުއްވުމާއި ގުޅިގެންނެވެ.

ހިތުގެ ބައްޔަށް ފަރުވާ ހޯއްދަވަމުން އަންނަ މަހަތިރު ވަނީ މީގެ ކުރިންވެސް ބައިޕާސް ސަރޖަރީތައް ހައްދަވާފައެވެ. އަދި އެންމެ ފަހުން އޮކްޓޯބަރު މަހު ނޭވާލުމުގެ އިންފެކްޝަނެއްގެ ސަބަބުން ހޮސްޕިޓަލުގައި އެޑްމިޓްކުރެވުނެވެ. އޭނާގެ އޮފީހުން ބުނެފައިވާ ގޮތުގައި ”އޭނާ މިހާރު އަރާމުކުރަމުންދަނީ، އަދި މިރޭ ގެއަށް ވަޑައިގަންނަވާނެކަމަށް އަޅުގަނޑުމެން އުންމީދުކުރަން“. އެވެ.

މެލޭޝިޔާގެ ދެ ދައުރަށްވުރެ ގިނަ ދުވަހު ބޮޑުވަޒީރުކަން ކުރެއްވި މަހަތިރު ވަނީ 2003 ވަނަ އަހަރާ ހަމައަށް 22 އަހަރު ވަންދެން އެ މަޤާމުގައި ހުންނަވާފައެވެ. 2018 ވަނަ އަހަރު އިދިކޮޅު ކޯލިޝަނާއެކު އަލުން ބޮޑުވަޒީރުކަމަށް އާދެވުނު ނަމަވެސް، އެތެރޭގެ ހަމަނުޖެހުންތަކާ ހެދި ދެ އަހަރު ނުވަނީސް އޭނާގެ ސަރުކާރު ވެއްޓުނެވެ.

2022 ވަނަ އަހަރާ ހަމައަށް ޕާލިމަންޓް މެންބަރެއްގެ ގޮތުގައި ހުންނެވި މަހަތިރުގެ 100 ވަނަ އުފަން ދުވަހުގެ ޕިކްނިކް ފާހަގަކުރުން ވަނީ މި ހާދިސާއާ ގުޅިގެން ކުރުކޮށްލަން ޖެހިފައެވެ.

މެލޭޝިޔާ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ