ޕީއެޗްޑީ ޕްރޮގްރާމްތަކުގެ ދާއިރާއިން ގުޅުން ބަދަހިކުރުމާމެދު މެލޭޝިއާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ (އައިއައިޔޫއެމް) އާއެކު ރާއްޖެއިން މަޝްވަރާކޮށްފި އެވެ.
މި މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވަނީ އައިއައިޔޫއެމްގެ ރެކްޓަރ ޕްރޮފެސަރ އެމެރިޔަސް ޑާތުކް ޑޮކްޓަރ އޮސްމާން ބަކަރާ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހަށް މިއަދު ކުރެއްވި އިހުތިރާމްގެ ޒިޔާރަތުގެ ތެރެއިންނެވެ.
ރައީސް އޮފީހުގައި މިއަދު ހެނދުނު ބޭއްވުނު މި ބައްދަލުވުމުގައި ދެ ބޭފުޅުން ވަނީ ތައުލީމީ ދާއިރާއިން ގިނަ މަޝްވަރާތަކެއް ކުރައްވާފަ އެވެ.
މި ބައްދަލުވުމުގައި ދެފަރާތުން މަޝްވަރާކުރެއްވި މައިގަނޑު ކަންތައްތަކުގެ ތެރޭގައި މަތީ ތަޢުލީމުގެ ދާއިރާއިން، ޚާއްޞަކޮށް ޕީއެޗްޑީ ޕްރޮގްރާމްތަކުގެ ދާއިރާއިން ދެޤައުމުގެ މެދުގައި ގުޅުން ބަދަހިކުރުމުގެ މުހިންމުކަން ހިމެނެ އެވެ. އަދި މި ބައްދަލުވުމުގައި އައިއައިޔޫއެމުން ދިވެހި ދަރިވަރުންނަށް ފޯރުކޮށްދެމުންދާ އެހީތެރިކަމަށްޓަކައި ރައީސް މުއިއްޒު ވަނީ ޝުކުރު އަދާކުރައްވާފަ އެވެ.
ބައްދަލުވުން ނިންމާލުމުގެ ކުރިން، ދިވެހިރާއްޖެއާއި މެލޭޝިއާގެ މެދުގައި ތަޢުލީމީ ދާއިރާއިން އޮތް ގުޅުން އިތުރަށް ހަރުދަނާކޮށް، ގުޅިގެން މަސައްކަތްކުރުމަށް ދެފަރާތުން ވަނީ އެއްބަސްވެ، އުންމީދު އައުކުރައްވާފަ އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރާއްޖެ - މެލޭޝިޔާ މެލޭޝިޔާ