މެލޭޝިޔާގެ ކުރީގެ ބޮޑުވަޒީރު އަބްދުﷲ އަވަހާރަވެއްޖެ

Advertisement

Advertisement

އެންމެ ފަސް

Advertisement

މެލޭޝިޔާގެ ކުރީގެ ބޮޑުވަޒީރު އަބްދުﷲ އަޙްމަދު ބަދަވީ (85އ) އަވަހާރަވެވަޑައިގެންފި އެވެ.

އެބޭފުޅާ އަވަހާރަވެވަޑައިގަތީ ވެރިރަށް ކުއާލަލަމްޕޫރުގެ ނޭޝަނަލް ހާޓް އިންސްޓިޓިއުޓްގައި ރޭގަނޑު 7:10 ގައި ކަމަށް އާއިލާއިން ވަނީ ހާމަކުރައްވާފަ އެވެ.

އިންސްޓިޓިއުޓުން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، ”ހުރިހާ މެޑިކަލް މަސައްކަތްތަކެއް ކުރެވުނު ނަމަވެސް، އާއިލާގެ ލޯބިވާ މެންބަރުންގެ ހާޒިރުގައި އޭނާ އަވަހާރަވެވަޑައިގެންފި“ އެވެ. އަބްދުﷲ ހޮސްޕިޓަލަށް ގެންދެވުނީ އާދިއްތަ ދުވަހު ނޭވާލުމުގައި ދަތިތަކެއް ކުރިމަތިވުމާ ގުޅިގެންނެވެ.

މެލޭޝިޔާގެ ފަސްވަނަ ބޮޑުވަޒީރުގެ ގޮތުގައި ޚިދުމަތްކުރެއްވި ލީޑަރު

އަބްދުﷲ މެލޭޝިޔާގެ ބޮޑުވަޒީރުކަމާ ހަވާލުވެވަޑައިގަތީ 2003 ވަނަ އަހަރު، 22 އަހަރު ވެރިކަން ކުރެއްވި މަހަތިރު މުޙައްމަދު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އެ ބޭފުޅާގެ ވެރިކަމުގައި ކޮރަޕްޝަނާ ދެކޮޅަށް ގިނަ މަސައްކަތްތަކެއް ކުރައްވައި، މެދުމިނުގެ އިސްލާމީ ވިސްނުމެއް ގެންގުޅުއްވި އެވެ.

ނަމަވެސް، ތެލުގެ ސަބްސިޑީތައް މުރާޖަޢާކުރެއްވުމާ ގުޅިގެން އަގުތައް ބޮޑުތަނުން މައްޗަށް ދިއުމުން އާންމުންގެ ފާޑުކިޔުންތަކާ ކުރިމަތިލާންޖެހުނެވެ. އަދި 2009 ވަނަ އަހަރު، އޭރުގެ ވެރިކަން ކުރި ބަރިސަން ނޭޝަނަލް ކޯލިޝަނަށް ޤައުމުގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ޕާލިމެންޓްގެ ސުޕަރ މެޖޯރިޓީ ގެއްލުމާ ގުޅިގެން އިސްތިއުފާ ދެއްވި އެވެ.

މެލޭޝިޔާ

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ