ގައުމީ ޓީމުތަކުގެ އިނާޔަތަށް ގެނައި ހެޔޮ ބަދަލާއެކު ކުޅިވަރު ދާއިރާ ނަގާ ކޮޅަށް ޖަހާނެ: މެންބަރު މުހައްމަދު އިސްމާއިލް

Advertisement

އެންމެ ފަސް

Advertisement

ގައުމީ ޓީމުތަކުގެ އެތުލީޓުންނާއި އޮފިޝަލުންގެ އިނާޔަތަށް ގެނައި ހެޔޮ ބަދަލާއެކު މި ސަރުކާރުން ކުޅިވަރުގެ ދާއިރާ ނަގާ ކޮޅަށް ޖަހާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއިލް ވިދާޅުވެއްޖެ އެވެ.

މެންބަރު މުހައްމަދު އިސްމާއިލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސް މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް އެމަނިކުފާނު މިހާރު ވަނީ ގައުމީ ޓީމުތަކުގެ އެތުލީޓުންނާއި އޮފިޝަލުންގެ އިނާޔަތް ފުރަތަމަ ފަހަރަށް ބޮޑުކޮށް ކުރިވަރުގެ އާއިލާއަށް އުފާވެރިކަމާއި، އާރޯކަން ގެނެސްދީފައި ކަމަށެވެ. އަދި ވަޅުޖެހިފައި އޮތް ކުޅިވަރުގެ ދާއިރާ މި ސަރުކާރުން ނަގާ ކޮޅަށްޖަހާނެކަމަށް މެންބަރު ވިދާޅުވި އެވެ.

ސްޕޯޓްސް މިނިސްޓްރީން ކުޅިވަރު އެސޯސިއޭޝަންތަކަށް ފޮނުވި ސާކިއުލާއެއްގައި ބުނެފައިވާ ގޮތުން، ކުޅިވަރާ ބެހޭ ގައުމީ މަޖިލީހުން ނިންމާފައިވަނީ މި އަހަރުގެ މެއި މަހުން ފެށިގެން މި އިނާޔަތް 7،000 ރުފިޔާއަށް ބޮޑުކުރުމަށެވެ. މީގެ ކުރިން އެތުލީޓުންނަށް ކޮންމެ މަހަކު ދެމުން ގެންދިޔައީ 5،000 ރުފިޔާ އަދި އޮފިޝަލުންނަށް 2،500 ރުފިޔާއެވެ.

މިނިސްޓްރީގެ ސާކިއުލާގައި ބަޔާންކޮށްފައިވާ ގޮތުން، މެއި މަހުން ފެށިގެން މިދިޔަ މަހުގެ ނިޔަލަށް އެތުލީޓުންނާއި އޮފިޝަލުންނަށް އިނާޔަތް ދީފައިވަނީ ކުރީގެ އަދަދުންނެވެ. އެހެންކަމުން، އެ މުއްދަތަށް އެތުލީޓުންނަށް ކޮންމެ މަހަކަށް 2،000 ރުފިޔާ އަދި އޮފިޝަލުންނަށް 4،500 ރުފިޔާ އިތުރަށް ދިނުމަށް ވަނީ ނިންމާފައެވެ. މި ފައިސާ ޖަމާކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރިއަށެވެ.

އާ އިނާޔަތުގެ ޖުމުލަ އަދަދު ކަމަށްވާ 7،000 ރުފިޔާ ޖަމާކުރަން ފަށާނީ މިދިޔަ މަހުގެ 15 ވަނަ ދުވަހުން ފެށިގެން ތައްޔާރުކުރާ ”މުސާރަ ޝީޓުން“ ކަމަށް މިނިސްޓްރީން ހާމަކޮށްފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކުޅިވަރު ވިލިމާލެ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއިލް މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ