އެއްފަހަރާ އެންމެ ގިނަ މީހުން ސްނޯކްލިން ކުރުމުގެ ދުނިޔޭގެ ރެކޯޑު ރާއްޖެއިން ގާއިމުކޮށްފި

Advertisement

އެންމެ ފަސް

Advertisement

އެއްފަހަރާ އެންމެ ގިނަ މީހުން ފީނުމުގެ ދުނިޔޭގެ ރެކޯޑު މުގުރާލައި, ގިނިސް ވޯލްޑް ރެކޯޑު ފޮތުން ރާއްޖެއިން ޖާގަ ހޯދައިފި އެވެ.

ބ. އަތޮޅު ކައުންސިލާއި ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީއެމްސީ) ގުޅިގެން މާޅޮސްމަޑުލު ދެކުނުބުރީ ވިލިނގިލިފަރު ފިނޮޅު ސަރަހައްދުގައި މިއަދު ކުރިއަށް ގެންދިޔަބާނިހަރަކާތުގައި ޖުމްލަ 623 މީހުން ބައިވެރިވި އެވެ.

ބާނި އިވެންޓުގެ ބައިވެރިން ވަނީ ވިލިނގިލިފަރު ފިނޮޅާ ކައިރި އެކި ސަރަހައްދުތަކަށް ފީނާ ރެކޯޑު ގާއިމްކުރުމުގެ ހަރަކާތުގައި ބައިވެރިވެފަ އެވެ. މި ހަރަކާތަށް ފަހު ބޭއްވި ރަސްމިއްޔާތުގައި ރެކޯޑް ގާއިމްކުރުމުގެ ހަނދާނީ ފިލާ ހަވާލުކޮށްދެއްވީ ގިނިސް ވޯލްޑް ރެކޯޑުގެ ފަރާތުން ރާއްޖެއަށް ވަޑައިގެން ހުންނެވި މަންދޫބެކެވެ.

އެއްފަހަރާ އެންމެ ގިނަ މީހުން ފީނުމުގެ ދުނިޔޭގެ ރެކޯޑު ރާއްޖެއަށް / ފޮޓޯ: ވިޒިޓް މޯލްޑިވްސް

ދުނިޔޭގެ ރެކޯޑް ފޮތުގެ އިތުރުން މި ރެކޯޑު ވަނީ ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުން ބަލަހައްޓަމުން އަންނަ ރާއްޖޭގެ ރެކޯޑު ފޮތުން ވެސް ޖާގަހޯދާފަ އެވެ. ވިޒިޓް މޯލްޑިވްސްގެ ފަރާތުން މިކަމުގެ ޝަރަފުގެ ހަނދާނީ ފިލާ އަދި ކޮއިން ބ. އަތޮޅު ކައުންސިލާ ހަވާލުކޮށްދެއްވީ ވިޒިޓް މޯލްޑިވްސްގެ މޭނޭޖިން ޑިރެކްޓަރު އަދި ސީއީއޯ އިބްރާހީމް ޝިއުރީ އެވެ.

ބާނި އިވެންޓު ކުރިއަށް ގެންގޮސްފައި ވަނީ 13 ރަށަކާއި 15 ރިސޯޓެއްގެ ބައިވެރިވުމާ އެކު ކަމަށް ވިޒިޓް މޯލްޑިވްސްއިން މައުލޫމާތުދީފައިވެ އެވެ. މިހަރަކާތުގައި ބައިވެރިވި މީހުންގެ ތެރޭގައި ރިސޯޓު މުވައްޒަފުންނާއި، ފަތުރުވެރިންނާއި އެ އަތޮޅުގެ އެކި ރަށްރަށަށް ނިސްބަތްވާ ގިނަ ބަޔަކު ހިމެނެ އެވެ.

ވިލިނގިލިފަރު ފިނޮޅަކީ ވަރަށް ގިނަ އަދަދަކަށް ކިރު ދޫނި ޖަމާވާ ފިނޮޅެއްކަމުން، މި ހަރަކާތާއެކު، ދިވެހިރާއްޖޭގެ ޤުދުރަތީ ރީތިކަމާއި، ރާއްޖޭގެ ރަށްތަކާއި ފަރުތަކުގެ ދިރުމުގެ މުއްސަނދިކަން ދައްކުވާދިނެވެ. މި ފިނޮޅުގެ ވަށައިގެންވާ ސަރަހައްދަކީ އެކި ކުލަކުލައިގެ މުރަކަ އާއި ކަނޑުފަޅުގެ އެކި ދިރުންތަކުން މުއްސަނދިކަން ލިބިފައިވާ ރީތި ސަރަހައްދެކެވެ.

އެއްފަހަރާ އެންމެ ގިނަ މީހުން ފީނުމުގެ ދުނިޔޭގެ ރެކޯޑު ރާއްޖެއަށް / ފޮޓޯ: ވިޒިޓް މޯލްޑިވްސް

އެއްބައިވަންތަކަން ދަމަހައްޓައި އާލާކުރުމުގެ މަގުސަދުގައި ކުރިއަށް ގެންދިޔަ މި ހަރަކާތަކީ ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުގެ މައިގަނޑު އެއް މަގުސަދު ކަމުގައިވާ ކަނޑު ފަޅުގެ ފަތުރުވެރިކަން ދެމެހެއްޓެމުގައި ދުނިޔޭގެ  އެންމެ އިސް ގައުމުގެ ގޮތުގައި ދެމެހެއްޓުމަށް ބާރުވެރި ކޮށްދޭނެ ހަރަކާތެއް ކަމަށް އެ ކޯޕަރޭޝަނުން މައުލޫމާތުދީފައިވެ އެވެ

ވިޒިޓް މޯލްޑިވްސް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ