ކެމްބޯޑިއާ، ތައިލޭންޑުން ހަމަލާ ބަދަލުކުރުން ވަގުތީގޮތުން ހުއްޓާލަން އެއްބަސްވެއްޖެ: މެލޭޝިއާގެ ބޮޑުވަޒީރު

Advertisement

Advertisement

އެންމެ ފަސް

Advertisement

ކެމްބޯޑިއާ އަދި ތައިލޭންޑުން ހަމަލާ ބަދަލުކުރުން ވަގުތީގޮތުން ހުއްޓާލަން އެއްބަސްވެފައިވާ ކަަމަށް މެލޭޝިއާގެ ބޮޑުވަޒީރު އަންވަރް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

މެލޭޝިއާގެ ބޮޑުވަޒީރު އަންވަރްއާ ހަވާލާދީ ބޭރުމީޑިއާތަކުން ބުނެފައިވަނީ، ކެމްބޯޑިއާ އަދި ތައިލޭންޑުން ހަމަލާ ބަދަލުކުރުން ވަގުތީގޮތުން ހުއްޓާލައި ބޯޑަރުން ސިފައިން ދުރުކުރުމަށް އެއްބަސްވެފައިވާ ކަމަށެވެ. ނަމަވެސް ބޯޑަރުން ސިފައިން ދުރުކުރުމަށް ވަގުތުކޮޅެއް ބޭނުންވާނެ ކަމަށްވެސް ދެ ގައުމުން ބުނެފައިވާކަން ފާހަގަކޮށްފައިވެ އެވެ.

އަންވަރް ވިދާޅުވީ ހަމަލާ ބަދަލުކުރުން ވަގުތީގޮތުން ހުއްޓާލުމަށްއެދި ދެ ގައުމުގެ ބޮޑުވަޒީރުންނަށްވެސް ގުޅުއްވާފައިވާ ކަމަށެވެ. އަދި އެކަމަށް ދެ ޤައުމުންވެސް އިޚްތިރާމްކޮށްފައިވާ ކަމަށެވެ.

މިކަމާ ގުޅިގެން ތައިލެންޑްގެ ފޮރިން މިނިސްޓަރު ސޯޝަލްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ހަމަލާ ބަދަލުކުރުން ވަގުތީގޮތުން ހުއްޓާލުމަށް ހުށަހެޅި ހުށަހެޅުމަށް ތައިލެންޑުން ފުރިހަމައަށް ތާއީދުކުރާ ކަމަށެވެ. އަދި އެކަމަށް ރިއާޔަތްކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

ތައިލެންޑާއި ކެމްބޯޑިޔާއާ ދެމެދު ހިންގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން އ.ދގެ ސެކިއުރިޓީ ކައުންސިލްގެ އެމަޖެންސީ ބައްދަލުވުމެއްވެސް ބޭއްވުމަށް ވަނީ ނިންމާފަ އެވެ.

ހަމަނުޖެހުންތަކާ ގުޅިގެން ތައިލެންޑްގެ 8 ޑިސްޓްރިކްޓެއްގައިވަނީ މާޝަލް ލޯ އިއުލާނުކޮށްފަ އެވެ.

ދެގައުމުގެ އިމުގެ މައްސަލައިގައި ހަމަނުޖެހުންބޮޑުވެފައިވާއިރު، މިފަހުގެ ހަަމަނުޖެހުން ފެށުނީ އިއްޔެ އެވެ. އިއްޔެވެސް ދެ ގައުމުގެ އަސްކަރިއްޔާއިން ވަރުގަދަ ހަމަލާތަކެއް ބަދަލުކޮށްފައިވާއިރު، މިއަދުވެސް އަންނަނީ ހަމަލާތައް ބަދަލުކުރަމުންނެވެ.

ކެމްބޯޑިޔާ މެލޭޝިޔާ ތައިލެންޑް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ