ޓްރަމްޕާ ދެކޮޅުކަން ހާމަކޮށް، އެއީ ނަސްލު ނައްތާލުމަށް ކުރާކަމެއްގެ ގޮތުގައި މެލޭޝިޔާއިން ސިފަކޮށްފި

Advertisement

އެންމެ ފަސް

Advertisement

ފަލަސްތީނުގެ ރައްޔިތުން މަޖުބޫރުން އެހެން ތަނަކަށް ބަދަލުކުރުމަކީ ނަސްލު ނައްތާލުންފަދަ ކަމެއް ކަމަށް މެލޭޝިޔާ ސަރުކާރުން ބުނެފި އެވެ.

މެލޭޝިޔާ ސަރުކާރުން މިފަދައިން ބުނެފައިވަނީ ޢާއްޒާގެ ރައްޔިތުން، އެ ރައްޔިތުންގެ ވަޒަނުން ނެރިލާނެކަމަށް އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ވިދާޅުވާ ވިދާޅުވުން ތަކުރާރުކުރެއްވުމާއި ގުޅިގެންނެވެ. އެންމެފަހުން ޓްރަމްޕް ވަނީ ޢާއްޒާގެ ރައްޔިތުން އެ މީހުންގެ އަމިއްލަ ވަޒަނުން ނެރިލާ، އެ ވަޒަނަށް އެމެރިކާއިން ވެރިވެގަތުމަތީ އެންމެ ސުލްހަވެރި ގޮތް ކަމަށް ދެކިވަޑައިގަންނަވާކަމަށް ހާމަކުރައްވާފަ އެވެ. އަދި ޓްރަމްޕް ވަނީ އާއްޒާގެ ރައްޔިތުން ރެފިއުޖީންގެ ގޮތުގައި ބަލައިގަތުމަށް އުރުދުންއަށާއި، މިސްރަށް ގޮވާލާ ގޮވާލުން ތަކުރާރުކޮށްފަ އެވެ.

ޓްރަމްޕްގެ އެ ވާހަކަތައް ކުށްވެރިކޮށް މެލޭޝިޔާގެ ޚާރިޖީ ވުޒާރާއިން ބުރާސްފަތި ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މިއީ ބައިނަލްއަޤްވާމީ ޤާނޫނާއި އދ. ގެ ގިނަ ޤަރާރުތަކާ ޚިލާފު ކަމެއް ކަމަށެވެ. މި ހުށަހެޅުމާ ގުޅިގެން މެލޭޝިއާއިން ވަނީ ޣައްޒާގައި ދިރިއުޅޭ ފަލަސްޠީނުގެ ރައްޔިތުން މަޖުބޫރުން އެހެން ތަނަކަށް ބަދަލުކުރުމަށް ”ވަރަށް ބޮޑަށް އިދިކޮޅު“ ހަދާ ކަމަށް ބަޔާންކޮށްފަ އެވެ.

މެލޭޝިޔާގެ ޚާރިޖީ ވުޒާރާގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ، ”ފަލަސްޠީނުގެ ރައްޔިތުންގެ އަމިއްލަ ވެރިކަމެއް އޮތުމުގެ ޙައްޤު ނިގުޅައިގަނެ، އެ މީހުންގެ މިނިވަންކަމަށް އަރައިގަންނަ ގޮތަށް، އެއްފަރާތުން އަދި މަޖުބޫރުން ކުރާ އެއްވެސް މަސައްކަތަކީ، ސީދާ ގޮތުން ނުވަތަ ނުސީދާ ގޮތުން ވިޔަސް، ޤަބޫލުކުރެވޭނެ ނުވަތަ ޖާއިޒު ކަމެއް ނޫން. އަދި އެކަމުގެ ސަބަބުން އެ ސަރަޙައްދުގައި އެންމެ ދިގު މުއްދަތަކަށް ދެމިގެންދާ ހަނގުރާމަ އިތުރަށް ފުންވެގެންދާނެ.“ ކަމަށެވެ،

މީގެ އިތުރުން، މެލޭޝިއާއިން ވަނީ ފަލަސްޠީނުގެ ރައްޔިތުންނާއެކު އެއްބައިވަންތަކަމާއެކު ދެމިތިބޭނެ ކަމަށް ބަޔާންކޮށްފަ އެވެ. އަދި މެދުއިރުމަތީގައި ދެމެހެއްޓެނިވި ސުލްޙައާއި ހަމަޖެހުން ގެނެވޭނެ ހަމައެކަނި ގޮތަކީ 1967 ވަނަ އަހަރުގެ ކުރީގެ ސަރަޙައްދުތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ޖެރޫސަލަމް އޭގެ ވެރިރަށް ކަމުގައި ހަދައިގެން، މިނިވަން އަދި މުސްތަޤިއްލު ފަލަސްޠީނު ދައުލަތެއް ޤާއިމުކުރުން ކަމަށް ފާހަގަކޮށްފައިވެ އެވެ.

މެލޭޝިޔާ ފަލަސްތީން ޓްރަމްޕް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ