ބޯޓު ޖެއްްސުމުގެ ކުރިން ތެދުވާ ފަސިންޖަރުން ޖޫރިމަނާ ކުރުމަށް ނިންމައިފި

Advertisement

އެންމެ ފަސް

Advertisement

މަތިންދާ ބޯޓު ޖެއްސުމަށްފަހު ސީޓްބެލްޓްގެ ނިޝާން ނިއްވާލުމުގެ ކުރިން ތެދުވާ ފަސިންޖަރުން ޖޫރިމަނާ ކުރުމަށް ނިންމައިފި އެވެ.

ތުރުކީގެ ސިވިލް އޭވިއޭޝަން އޮތޯރިޓީން މި ނިންމުން ނިންމާފައިވަނީ ފަސިންޖަރުންގެ ފަރާތުން ލިބެމުންދާ ޝަކުވާތަކާ ގުޅިގެންނެވެ.

މީޑިއާ ރިޕޯޓުތަކުން ހާމަކޮށްފައިވާ ގޮތުގައި މި ގަވާއިދާ ޚިލާފުވާ ފަރާތްތަކަށް ގާތްގަނޑަކަށް 70 އެމެރިކާ ޑޮލަރު (50 ޕައުންޑް) ގެ ޖޫރިމަނާއެއް ކުރެވޭނެ އެވެ. ނަމަވެސް އޮތޯރިޓީގެ ރަސްމީ އިރުޝާދުގައި ވަކި އަދަދެއް ބަޔާންކޮށްފައި ނުވާ ކަމަށް ވެސް ބައެއް ރިޕޯޓުތަކުގައި ފާހަގަކޮށްފައިވެ އެވެ.

އޭވިއޭޝަން އޮތޯރިޓީން ބުނެފައިވާ ގޮތުގައި ”މިފަދަ ހާދިސާތައް ސީރިއަސް އިތުރުވެފައިވާއިރު، ބޯޓު ޕާކު ކުރުމުގެ ކުރިން ފަސިންޖަރުން އޯވަހެޑް ބެގޭޖް ހިފާ ކަމުގެ ޝަކުވާ ގިނަވެފައިވެ އެވެ.“ އަދި ކޮމާޝަލް އެއާލައިންތަކުން މިހާރު އިން-ފްލައިޓް އިއުލާނެއް ނެރެ، އަމުރުތަކަށް އަމަލު ނުކުރާ މީހުން ރިޕޯޓް ކުރަން ޖެހޭނެ ކަމަށް ވެސް އޮތޯރިޓީން ބުނެފައިވެ އެވެ.

ތުރުކީގެ ގައުމީ އެއާލައިން ކަމަށްވާ ޓާކިޝް އެއާލައިންސްއިން ވަނީ މިހާރު އެފަރާތުގެ ލޭންޑިން އިއުލާން އަޕްޑޭޓްކޮށްފަ އެވެ. އަދި ”ގަވާއިދަށް އަމަލު ނުކުރާ ފަސިންޖަރުން ޑިސްރަޕްޓިވް ޕެސެންޖަރ ރިޕޯޓެއް މެދުވެރިކޮށް ޑިރެކްޓަރޭޓް ޖެނެރަލް އޮފް ސިވިލް އޭވިއޭޝަނަށް ރިޕޯޓް ކުރެވި، ގާނޫނީ ގަވާއިދުތަކާ އެއްގޮތަށް އިދާރީ ޖޫރިމަނާ ކުރެވޭނެ ކަމަށް އެ ގައުމުގެ ޓީވީ ނެޓްވޯކުން ރިޕޯޓުކޮށްފައިވެ އެވެ.

ފާހަގަކޮށްލެވޭ ކަމަކީ ތުރުކީއަކީ ކޮންމެ އަހަރަކު ދިހަ މިލިއަނަށް ވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރާ ގައުމަކަށް ވުމާއެކު، މި އައު ގަވާއިދުގެ ސަބަބުން ގިނަ ފަތުރުވެރިންނަށް އަސަރުކުރާނެ ކަމެވެ.

ތުރުކީ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ