ތުރުކީއާށް ތާރީހީ ދުވަހެއް! ޕީކޭކޭ އިން ހަތިޔާރު ބަހައްޓައި، ޖަމާއަތްވެސް އުވާލަނީ

Advertisement

އެންމެ ފަސް

Advertisement

ކަރުދިސްތާން ވަރކާރސް ޕާޓީ (ޕީކޭކޭ) އިން އެ ޖަމާޢަތް އުވާލުމަށާއި ހަތިޔާރު ދޫކޮށްލުމަށް ނިންމާފައިވާކަމަށް އިޢުލާންކޮށްފި އެވެ.

އެ ޖަމާޢަތާ ގުޅުން ހުރި ފިރާތް ނިއުސް އޭޖެންސީން ރިޕޯޓުކުރި ގޮތުގައި، މި ނިންމުން ނިންމާފައިވަނީ އުތުރު އިރާޤުގައި ބޭއްވުނު ޕީކޭކޭގެ ކޮންގްރެސްއެއްގަ އެވެ. މި ކޮންގްރެސްގައި އެ ޖަމާޢަތުގެ ލީޑަރުން ވަނީ ހަތިޔާރީ ހަނގުރާމަ ހުއްޓާލުމަށާއި ޖަމާޢަތުގެ އޮނިގަނޑު އުވާލުމަށް އެއްބަސްވެފަ އެވެ.

މިހާރު ޖަލުގައި ހުރި ޕީކޭކޭގެ ލީޑަރު އަބްދުﷲ އޮޖަލާން ވަނީ މީގެ ކުރިން ޓަރކިޝް ސަރުކާރާއެކު ސުލްހައިގެ މަސައްކަތުގެ ތެރެއިން އެ ޖަމާޢަތުން ހަތިޔާރު ދޫކޮށްލުމަށް ގޮވާލާފަ އެވެ. ކޮންގްރެސްގައި އިއްވި ބަޔާނުގައި ބުނެފައިވަނީ ”ޕީކޭކޭ އިން ކަރުދިޝް ރައްޔިތުންގެ ހައްޤުތަކަށް ކުރަންޖެހުނު ތާރީޚީ މަސައްކަތް ނިންމާފައިވާ ކަމަށާއި، މިހާރު ވަނީ ސުލްހަވެރި އަދި ޑިމޮކްރެޓިކް މަގަކަށް ދާން ވަގުތު އައިސްފައި“ ކަމަށެވެ.

މި ނިންމުމަކީ ތުރުކީއާއާއެކު އެތައް އަހަރެއްގެ ހަނގުރާމައަށް ނިމުމެއް ގެނެސްފާނެ ނިންމުމެއްކަމަށް ބެލެވެ އެވެ.

ތުރުކީއާ އަދި ގިނަ ހުޅަނގުގެ ޤައުމުތަކުން ޓެރަރިސްޓް ޖަމާޢަތެއްގެ ގޮތުގައި ކަނޑައަޅާފައިވާ ޕީކޭކޭ އިން ބުނެފައިވަނީ ކަރުދިޝް ރައްޔިތުން ސުލްހައާއި ޑިމޮކްރަސީއަށް ތާއީދުކުރާނެ ކަމަށެވެ. ތުރުކީގެ ވެރިކަން ކުރާ ޕާޓީން މި ޚަބަރަށް މަރުހަބާ ކިޔައި، ޕީކޭކޭ އުވާލުމަކީ މުހިންމު ބަދަލެއް ކަމުގައި ފާހަގަކޮށްފައިވެ އެވެ.

މި އިޢުލާން އައިސްފައިވަނީ ސީރިއާ އަދި ލެބަނޮންގައި އަންނަމުންދާ ބަދަލުތަކާއި، ޣައްޒާގައި ހިނގަމުންދާ ހަނގުރާމައިގެ ތެރޭގަ އެވެ. އެތައް އަހަރެއްގެ އަނިޔާވެރިކަމަށްފަހު، ޕީކޭކޭގެ މި ފިޔަވަޅަކީ އެ ސަރަހައްދުގައި ދެމެހެއްޓެނިވި ސުލްހައަކަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމުގައި ސަރަހައްދީ މާހިރުން ފާހަގަކުރެ އެވެ.

އިރާގް ތުރުކީ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ