އެޗްޑީސީންވެސް ލަންކާއަށް އެހީވުމަށް 100،000ރ. ހަދިޔާކޮށްފި

Advertisement

އެންމެ ފަސް

Advertisement

އަވައްޓެރި ސްރީ ލަންކާގެ ރައްޔިތުންނަށް އެހީތެރިވުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މުވައްޒަފުންގެ ފަރާތުން އެއްލައްކަ ރުފިޔާގެ އެހީއެއް ހަދިޔާކޮށްފި އެވެ.

އެޗްޑީސީން މި އެހީ ދީފައިވަނީ ލަންކާއަށް އެހީވުމަށް ޕީއެސްއެމްއިން އިސްނަގައިގެން ގިނަ މީޑިއާތަކަކާ ގުޅިގެން ކުރިއަށް ގެންދާ ”ސިލޯނާއެކު ދިވެހިން“ ޓެލެތޯންގެ ތެރެއިންނެވެ.

މި ޓެލެތޯންގައި ސަރުކާރުގެ އެކި ދާއިރާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިތުރުން އަމިއްލަ ކުންފުނިތަކުން ވެސް އަންނަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. މި ޓެލެތޯނުގައި މިހާތަނަށް 2.3 މިލިޔަނަށްވުރެ ގިނަ ރުފިޔާ އަދި 38،000 އަށްވުރެ ގިނަ ޑޮލަރު އެހީގެ ގޮތުގައި ވަނީ ލިބިފަ އެވެ.

ސިލޯނާއެކު ދިވެހީން ޓެލެތޯނަކީ ޕީއެސްއެމް އާއި އިތުރު 37 މީޑިއާއަކާ ގުޅިގެން ކުރިއަށް ގެންދާ ހަރަކާތެކެވެ. މި ޓެލެތޯނު ނިމޭނީ މިރޭ 1:00 ގައެވެ. މި ޓެލެތޯނުގެ ފަންޑު ފޮށިތައް މާލެ، ވިލިމާލެ އަދި ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ބަހައްޓާފައިވާއިރު، ފައިސާ ޓްރާންސްފާ ކުރުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލާފަ އެވެ.

  • ދިވެހި ރުފިޔާ ޖަމާކުރުމަށް ހަމަޖެހިފައިވަނީ 7730000796107 އެކައުންޓަށް.
  • ޑޮލަރު ޖަމާކުރުމަށް ހަމަޖެހިފައިވަނީ 7730000796106 އެކައުންޓަށް.

ލަންކާއަށް އެރި ތޫފާން ޑިޓްވާގެ ސަބަބުން އެތަށް ބަޔަކު ހާލުގައި ޖެހިފައިވާއިރު އެތަށް ބަޔެއްގެ ފުރާނަ ވަނީ ގެއްލިގެން ގޮސްފަ އެވެ. ތޫފާނާ ގުޅިގެން ލަންކާގައި މިހާރު ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާންކޮށްފަ އެވެ.

އެޗްޑީސީގެ އިތުރުން އެމްޓީސީސީ އާއި ވެމްކޯއިންވެސް ވަނީ ލަންކާއަށް އެހީވުމަށްޓަކައި މި ޓެލެތޯނަށް 100،000 ރުފިޔާ ހަދިޔާކޮށްފަ އެވެ. އަދި ދިވެހި ސަރުކާރުގެ ފަރާތުން ވަނީ 50،000 ޑޮލަރުގެ އިތުރުން 25،000 މަސްދަޅު ހަދިޔާ ކުރުމަށް ނިންމާފަ އެވެ.

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ރާއްޖެ - ލަންކާ ސިލޯނާއެކު ދިވެހިން ސްރީލަންކާ ޕީއެސްއެމް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ