ޣައްޒާގެ އެހީގެ ޓްރަކްތައް އިސްރޭއީލުން ހުއްޓުވުން އަރަބި ޤައުމުތަކުން ކުށްވެރިކޮށްފި

Advertisement

Advertisement

އެންމެ ފަސް

Advertisement

ޣައްޒާއަށް އިންސާނީ އެހީ ފޯރުކޮށްދޭ، އެހީގެ ޓްރަކްތަކާއި ވެހިކަލްތައް ވަނުން މަނާކުރުމާއި ގުޅިގެން އަރަބި ޤައުުމުތަކުންނާއި އެކުވެރި ދައުލަތްތަކުގެ ޖަމްޢިއްޔާއިން ކަންބޮޑުވުން ފާޅުކޮށް، އެކަން ކުށްވެރިކޮށްފި އެވެ.

ހަމާސްއާ އިސްރޭއީލާ ދެމެދު ވެވުނު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާއި ހިލާފަށް އިސްރޭއީލުން އަންނަނީ ގިނަ ކަންތައްތަލެއް ކުރަމުންނެވެ. އެގޮތުން ފަލަސްތީންގެ ހައްޔަރީން މިނިވަންކުރުމަށް ދެކޮޅު ހަދައި، އެންމެފަހުން ރަމަޟާން މަހުގެ މި ދުވަސްވަރާއި ދިމާކޮށް އިސްރޭއީލުގެ ދައުލަތުން ވަނީ ޣައްޒާގެ ރައްޔިތުންނަށް އެހީ ހިފައިގެން ވަންނަ ވެހިކަލްތަކަށް ހުރަސްއަޅާ، ވެހިކަލްތައް ވަނުން ހުއްޓުވާފަ އެވެ.

އާދީއްތަ ދުވަހުގެ ހެނދުނު އެއްވެސް އެހީގެ އުޅަނދެއް ޣައްޒާއަށް ވަނުމުގެ ހުއްދަ ދީފައިނުވާކަން އެހީ ފޯރުކޮށްދޭ އޭޖެންސީތަކުން ކަށަވަރުކޮށްދީފައިވެ އެވެ.

އިސްރޭއީލުގެ މި އަމަލުތައް، ހަނގުރާމަ ހުއްޓާލުމުގެ މެދުވެރިއެއްގެ ރޯލް އަދާކުރި މިސްރާއި ޤަޠަރުން ސިފަކުރީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ޚިލާފު ކަމެއްގެ ގޮތުގަ އެވެ.

އެކުވެރި ދައުލަތްތަކުގެ ޖަމްޢިއްޔާ (އދ) ގެ އިންސާނީ އެހީގެ ވެރިޔާ ޓޮމް ފްލެޗަރ މި ކަން ސިފަކުރައްވާފައިވަނީ ”ކަންބޮޑުވާންޖެހޭ“ ކަމެއްގެ ގޮތުގައެވެ. ނަމަވެސް، އިސްރާއީލުގެ ބޮޑު ވަޒީރު ބެންޖަމިން ނެތަންޔާހޫ ވިދާޅުވެފައިވަނީ މި ފިޔަވަޅު އަޅާފައިވަނީ ހަމާސްއިން އެ ތަކެތި ހުއްދަނޫން ގޮތުގައި ނަގައި، ”އޭގެ ޓެރަރިސްޓް ޙަރަކާތްތައް ފައިނޭންސްކުރުމަށް“ ބޭނުންކުރާތީ ކަމަށެވެ.

މި ފިޔަވަޅާ ގުޅިގެން ހަމާސްގެ ތަރުޖަމާނެއް ވިދާޅުވެފައިވަނީ އިސްރާއީލުގެ ބްލޮކޭޑަކީ ”އާދައިގެ ބްލެކްމެއިލެއް“ އަދި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ދެކޮޅަށް ކުރާ ”ބަޣާވާތެއް“ ކަމަށެވެ.

ވޯލްޑް ފުޑް ޕްރޮގްރާމް (ޑަބްލިއުއެފްޕީ) ގެ އެންޓޮއިން ރެނާޑް ބީބީސީއަށް ދެއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ ”އިންސާނީ އެހީ ޣައްޒާއަށް ފޯރުކޮށްދިނުން ކުރިއަށް ގެންދިއުމަކީ ނުހަނު މުހިންމު ކަމެއް“ ކަމަށާއި، ހުރިހާ ފަރާތްތަކަށްވެސް ގޮވާލަނީ މި މައްސަލައަށް ޙައްލެއް ހޯދުމަށް މަސައްކަތްކުރުމަށް ކަމަށެވެ.

އިސްރާއީލުގެ ހަމަލާތަކެއްގައި 4 މީހުން ޝަހީދުވެފައިވާ ކަމަށް ސިއްޙީ އެހީތެރިން ވިދާޅުވެފައިވެއެވެ. މިކަމަށް އިސްރާއީލުގެ ސިފައިންގެ ބަޔާނެއްގައި ބުނެފައިވަނީ އެ ސަރަޙައްދުގެ އުތުރުގައި ގޮވާ އެއްޗެއް ހަރުކުރަން އުޅުނު ބަޔަކަށް ހަމަލާދީފައިވާ ކަމަށެވެ.

މި ހާދިސާއާ ގުޅިގެން ބައިނަލްއަޤްވާމީ މުޖުތަމަޢުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި ޣައްޒާގެ ރައްޔިތުންނަށް އިންސާނީ އެހީ ލިބޭނެ މަގު ހުޅުވާލުމަށް އިސްރާއީލަށް ގޮވާލާފައިވެއެވެ.

ހަމާސް އިޒްރޭލް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ