ޢާއްޒާގެ ރައްޔިތުން ރެފިއުޖީނަށް ހަދާނެކަން އިއުލާންކުރުމަށްފަހު ޓްރަމްޕް ނަތަންޔާހާ ބައްދަލުކުރައްވަނީ

Advertisement

އެންމެ ފަސް

Advertisement

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫ އަންނަ ހަފްތާގައި އެމެރިކާގެ ރިޔާސީ ގަނޑުވަރ،ު ވައިޓް ހައުސްގައި ބައްދަލުކުރައްވާނެކަން އިއުލާންކޮށްފި އެވެ.

ނެތަންޔާހޫގެ އޮފީހުން ހާމަކުރި ގޮތުގައި މި ބައްދަލުވުން އޮންނާނީ 4 ފެބްރުއަރީގަ އެވެ. އަދި ޓްރަމްޕްގެ ދެވަނަ ދައުރުގައި ވައިޓް ހައުސްއަށް ދައުވަތު ދެވުނު ފުރަތަމަ ބޭރުގެ ލީޑަރަކީ ނެތަންޔާހޫ ކަމުގައި އެ އޮފީހުން ފާހަގަކޮށްފައިވެ އެވެ.

ނަމަވެސް ސީބީއެސް ނިއުސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި ބައްދަލުވުމުގެ ވަކި ތާރީޚަކާއި ގަޑިއެއް އަދި ކަނޑައެޅިފައެއް ނުވެ އެވެ.

މި ބައްދަލުވުން ރޭވިފައިވަނީ އިސްރާއީލާއި ހަމާސްއާ ދެމެދު ހިނގަމުންދިޔަ 6 ހަފްތާގެ ހަނގުރާމަ ހުއްޓުމަކަށް އައިސް، ދެ ފަރާތުން ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވުމަކަށް އައުމާ ގުޅިގެންނެވެ. މި އެއްބަސްވުމާ ގުޅޭ ގޮތުން ޓްރަމްޕް ވިދާޅުވެފައިވަނީ ”މިއީ އަހަރެންގެ ނޮވެމްބަރު މަހުގެ ރިޔާސީ އިންތިޚާބުގެ ކާމިޔާބީގެ ސަބަބުން ވެވުނު އެޕިކް އެއްބަސްވުމެއް“ ކަމަށެވެ.

ޓްރަމްޕް ދާދިފަހުން ވަނީ އޭނާ ބޭނުންވެވަޑައިގަންނަވަނީ ޢާއްޒާގެ ރައްޔިތުން، އެ ރައްޔިތުންގެ އަމިއްލަ ބިމުން ނެރިލާ އަވައްޓެރި ޤައުމުތަކުގައި ރެފިއުޖީނަށް ހެދުމަށް ކަން އިއުލާންކުރައްވާފަ އެވެ. އަދި އެކަން އެގޮތަށް ކުރައްވަން ބޭނުންވެވަޑައިގަންނަވާ ސަބަބެއް ކަމަށް ޓްރަމްޕް ވިދާޅުުވެފައިވަނީ ޢާއްޒާ އާރާސްތުކުރުމެވެ. ނަމަވެސް އަރަބި ޤައުމުތަކުން ސިފަކުރާގޮތުގައި ޓްރަމްޕްގެ މަގްސަދަކީ އިސްރޭލަށް ވާގިވެރިވެ، ޢާއްޒާގެ ރައްޔިތުން އެ މީހުންގެ ބިމުން ނެރިލުމަށްފަހު، އެ ބިމަށް ސަވާރުވުން ކަމަށެވެ.

އެހެންކަމުން މި ބައްދަލުވުމުގައި މިކަމާއި ގުޅޭގޮތުންނާއި، އަދި އިސްރޭލަށް އިތުރު ހަތިޔާރާ ފައިސާ ދިނުމާއި ގުޅޭގޮތުން މަޝްވަރާކުރާނެކަމަށް ބެލެވޭކަމަށް އަލްޖަޒީރާއިން ރިޕޯޓްކޮށްފައިވެ އެވެ.

ޓްރަމްޕް ނިސްބަތްވެވަޑައިގަންނަވާ ރިޕަބްލިކަން ޕާޓީއަކީ އިސްރޭލުގެ އަނިޔާވެރިކަމާއި ފަލަސްތީނުގެ ރައްޔިތުންގެ ނަސްލު ނައްތާލުމަށް ހިންގާ ހަނގުރާމައަށް ބޮޑު ތާއީދެއް ކުރާ ޕާޓީއެކެވެ.

ބެންޖެމިން ނަތަންޔާހޫ ޓްރަމްޕް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ