ޕެންޝަން ބޯޑުން ސަރުވަޝް އިސްތިއުފާ ދެއްވައިފި

Advertisement

އެންމެ ފަސް

Advertisement

އެމްއެމްއޭ މެދުވެރިކޮށް 2.4 ބިލިއަން ރުފިޔާގެ ބޮންޑު ވިއްކުމުގެ މައްސަލައިގައި ޕެންޝަން އޮފީހުގެ ބޯޑު މެންބަރު އަހުމަދު ސަރުވަޝް އާދަމް މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.

އިސްތިއުފާ ދެއްވިކަން ހާމަކުރައްވާ ސަރުވަޝް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، މަގާމުން އިސްތިއުފާދެއްވީ އެމްއެމްއޭ އަށް ވިއްކާ ބޮންޑުގެ ސަބަބުން، އިގްތިސާދީ، ގާނޫނީ އަދި ފިޑޫޝަރީ ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމަށް ގަބޫލުކުރެވޭތީ ކަމަށެވެ.

ސަރުވަޝްގެ އިސްތިއުފާ ސިޓީ ސޯޝަލްމީޑިއާގައި އާންމުވެފައިވާއިރު، އެ ސިޓީގައި ބުނެފައިވަނީ ޕެންޝަން ފަންޑުގައި ހުރި ސަރުކާރުގެ ބޮންޑު އެމްއެމްއޭއަށް ވިއްކުމުގެ މުއާމަލާތާއި، މަރުކަޒީ ބޭންކުން ސީދާ ސަރުކާރަށް ފައިސާ ދޫކުރުމާ އެއްވެސް ތަފާތެއް ނެތް ކަމަށެވެ.

މި މުއާމާލާތުގެ ސަބަބުން ދިވެހި ރުފިޔާގެ ސަޕްލައި އިތުރުވާނެ ކަމަށްވެސް ސިޓީގައި ބުނެފައިވެ އެވެ.

ޕެންޝަން ފަންޑުގައި ހުރި ސަރުކާރުގެ ބޮންޑު އެމްއެމްއޭއަށް ވިއްކުމުގެ އިތުރަށް ފިނޭންސް މިނިސްޓްރީން އިތުރަށް ބޮންޑު ގަތުމަށް ޕެންޝަން އޮފީހަށް ހުށަހަޅާފައިވާކަމަށް މައުލޫމާތުލިބެ އެވެ.

އެމްއެމްއޭ މިނިސްޓްރީ އޮފް ފިނޭންސް ޕެންޝަން އޮފިސް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ