ރޮހިންޖާގެ 190 މީހުން މެލޭޝިޔާއަށް އެތެރެވިޔަ ނުދީ ހުއްޓުވާއިފި

Advertisement

Advertisement

އެންމެ ފަސް

Advertisement

ރޮހިންޖާގެ 190 މުސްލިމުން މެލޭޝިޔާގެ އުތުރު ސަރަހައްދުން އެތެރެވާން އުޅެނިކޮށް މެލޭޝިޔާގެ ފުލުހުން ހުއްޓުވައިފި އެވެ.

މީގެތެރޭގައި ހިމެނެނީ 68 ފިރިހެނުންނާއި 57 އަންހެނުންނާއި 32 ފިރިހެން ކުޑަ ކުދިންނާއި 39 އަންހެން ކުޑަ ކުދިންނެވެ. އުޅަނދު ފުލުހުން ހިފެހެއްޓީ މެލޭޝިއާގެ އުތުރުގައި އޮންނަ ފަތުރުވެރިންގެ މަންޒިލް ލަންގްކާވީ އިންނެވެ.

މި އުޅަނދު ހިފެހެއްޓި ހާދިސާއާ ގުޅިގެން މެލޭޝިއާގެ މެރިޓައިމް އެންފޯސްމަންޓް އެޖެންސީ (އެމްއެމްއީއޭ)ގެ ޑިރެކްޓަރ ޖެނެރަލް މުހައްމަދު ރޮސްލީ އަބްދުﷲ ވިދާޅުވި ގޮތުގައި، މިއާ އެއްފަދަ އިތުރު ދެ އުޅަނދެއް ކަނޑުމަތީގައި އުޅޭ ކަމުގެ މައުލޫމާތު ލިބިފައިވާކަމަށެވެ. އެ އުޅަނދުތަކުގައި ވެސް އުޅެނީ މިޔަންމާގެ ހިޖުރަވެރިން ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް އެ އުޅަނދުތަކުގެ މަންޒިލް އަދި ނޭނގޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ފުލުހުންގެ ވެރިޔާ ޝަރީމަން އަޝާރީ ނެރުއްވި ބަޔާނުގައި ވިދާޅުވި ގޮތުގައި މި މީހުން މިޔަންމާ އިން ފުރައިގެން އައީ 10 ވަރަކަށް ދުވަސް ކުރިންނެވެ.

ބުދިސްޓުންގެ އަޣުލަބިއްޔަތު އޮންނަ މިޔަންމާގައި ރޮހިންޖާ ދަރިކޮޅުގެ މުސްލިމުންނަށް އަނިޔާލިބެމުންދާއިރު، ގިނަ ބަޔަކު ދަތުރުކުރަނީ މުސްލިމުންގެ އަޣުލަބިއްޔަތު އޮންނަ މެލޭޝިއާއަށް ނުވަތަ ބަންގްލަދޭޝްގެ ރެފިއުޖީ ކޭމްޕްތަކަށެވެ. މި ދަތުރު ގިނަ ފަހަރަށް ކުރަނީ ދަތުރުކުރުމަށް ނުރައްކާތެރި އުޅަނދުތަކުގައި ބޯޑަރު ހުރަސްކޮށްގެންނެވެ.

ރޮހިންޖާ މުސްލިމުން މެލޭޝިޔާ

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ