ޓަރކިޔޭގެ ފެކްޓްރީއެއްގައި ހިނގި ގޮވުމެއްގައި 12 މީހުން މަރުވެއްޖެ

Advertisement

އެންމެ ފަސް

Advertisement

ޓަރކިޔޭގެ ހުޅަނގު އުތުރުގައި ހުންނަ ބަލިކެސިރު ޕްރޮވިންސްގައި ހުރި ގޮވާތަކެތީގެ ފެކްޓްރީއެއްގައި ބޮޑު ގޮވުމެއް ހިނގައި، 12 މީހުން މަރުވެ 4 މީހުން ޒަޚަމްވެފައިވާކަމަށް އޮފިޝަލުން ބުނެފި އެވެ.

ބަލިކެސިރު ގަވަރނަރު އިސްމާއިލް އުސްތާއޮޣްލޫ ވިދާޅުވި ގޮތުގައި، ”ފުރަތަމަ ލިބުނު މަޢުލޫމާތުތަކުން ދައްކާގޮތުގައި، މި ގޮވުމުގެ ސަބަބުން 12 މުވައްޒަފުން މަރުވެ، 4 މީހުން ޒަޚަމްވެގެން ހޮސްޕިޓަލަށް ގެންދެވިފައިވޭ.“ އެވެ.

ޒަޚަމްވި މީހުންގެ ޙާލަތު ސީރިއަސް ނޫންކަމަށް އޮފިޝަލުން ބުނެފައިވެ އެވެ.

އަލްޖަޒީރާއިން ރިޕޯޓްކުރާ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ އަންގާރަ ދުވަހު ހެނދުނު 8:25 ގައި، ހެނދުނުގެ ޝިފްޓް ބަދަލުވާ ވަގުތުގަ އެވެ.

ލޯކަލް މީޑިއާތަކުން ދައްކާފައިވާ މަންޒަރުތަކުގައި ފެކްޓްރީގެ ބޭރުގައި ބިއްލޫރިތަކާއި އަދި ދަގަނޑުގެ ކުދިކުދިވެފައިވާ މަންޒަރު ފެނެ އެވެ. އަދި އެތަނުގައި އެމްބިއުލާންސްތައް ތިބިތަން ވެސް ފެނެ އެވެ.

ޓަރކިޔޭގެ ދާހިލީ ވަޒީރު އަލީ ޔެރްލިކަޔާ ވިދާޅުވި ގޮތުގައި، މި ބާރުގަދަ ގޮވުމާ ގުޅިގެން ތަޙުޤީޤެއް ފަށާފައިވެ އެވެ. އޭނާ އިތުރަށް ވިދާޅުވީ މި ގޮވުން ހިނގި ސަބަބު އަދި ނޭނގޭކަމަށާއި، ސަބޮޓޭޖެއްގެ ގޮތުގައި ކުރި ކަމެއް ނޫންކަމަށް އޮފިޝަލުން ކަނޑައަޅާފައިވާ ކަމަށެވެ.

ތުރުކީ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ