ސްޕެއިންގައި ހިނގި ފެންބޮޑުވުމުގެ ހާދިސާގައި 205 އަށްވުރެ ގިނަ މީހުން މަރުވެއްޖެ

Advertisement

Advertisement

އެންމެ ފަސް

Advertisement

ސްޕެއިންގައި ހިނގި ފެންބޮޑުވުމުގެ ހާދިސާގައި 205 އަށްވުރެ ގިނަ މީހުން މަރުވެއްޖެ އެވެ.

އަލްޖަޒީރާއިން ރިޕޯޓްކުރި ގޮތުުގައި އަންގާރަ ދުވަހުން ފެށިގެން ސްޕެއިނަށް ކުރި މި ވިއްސާރައަކީ މިހާތަނަށް ޔޫރަޕް ބައްރުގައި ހިނގި މިފަދަ އެންމެ ބޮޑު މޫސުމީ ކާރިސާ އެވެ. އެންމެ ފަހުން ޔޫރަޕްގައި ހިނގި މޫސުމީ ކާރިސާއެއްގައި މިހާ ބޮޑުވަރުވެފައިވަނީ 1970 ގައި ކަމަށް އެ މީޑިއާއިން ރިޕޯޓްކޮށްފައި ވެއެވެ. ސްޕެއިން ސަރުކާރުން ބުނީ މަރުވި މީހުންގެ އަދަދު މިއަށްވުރެ އިތުރުވުން އެކަށީގެންވާނެ ކަމަށެވެ.

ސްޕެއިންގެ އިރުމަތީ ސަރަހައްދެއް ކަމުގައިވާ ވެލެންސިއާއަށް ކުރި ވިއްސާރައިގައި އެންމެ ބޮޑުވަރުވެފައި ވެއެވެ. މި ކާރިސާގައި ހާލުގައި ޖެހުނު މީހުން ސަލާމަތްކުރުމުގެ މަސައްކަތް މިހާރު ސްޕެއިންގެ އަސްކަރިއްޔާއިން ދަނީ ކުރަމުން ނެވެ. ފެންބޮޑުވުމުގެ ކާރިސާގައި ނުރައްކަލަށް ހުށަހެޅުނު 4500 އަށްވުރެ ގިނަ މީހުން މިހާރު ވަނީ ސަލާމަތްކޮށްފަ އެވެ. ގެއްލުނު މީހުން ހޯދުމަށް 2000 ސިފައިން މިހާރުވެސް ދަނީ މަސައްކަތް ކުރަމުން ނެވެ.

ފެން ހިންދުމުގެ މަސައްކަތުގައި ވެލެންސިއާގެ ވަރަށް ގިނަ އާންމުންވެސް ބައިވެރިވެފައިވާ ކަމަށް ސްޕެއިން އިން ރިޕޯޓްކުރި އެވެ.

ވެލެންސިއާއަށް މީގެ ކުރީ 20 މަސްދުވަހަށް ވުރެ އަންގާރަ ދުވަހު އަށް ގަޑިއިރުގެ ތެރޭގައި ގިނައިން ވާރޭ ވެހިފައިވާއިރު، ގޭގެއަށްވެސް އެކިވަރުގެ ގެއްލުންތައް ލިބިފައި ވެއެވެ.

މި ކާރިސާގައި ކޯރުތަކުގެ ފެންގަނޑު ބޮޑުވެ، ބްރިޖްތަކާއި ރެއިލްވޭ ޓްރެކްއާއި މަގުތަކުގެ އިންފްރާސްޓްރަކްޗާއަށްވެސް ގެއްލުންވެފައި ވެއެވެ. އަދި ވެލެންސިއާގެ ބޮޑު ބަޔަކުން ކަރަންޓްގެ ހިދުމަތް މެދުކެނޑިފައި ވެއެވެ.

މީގެ އިތުރަށްވެސް މިހާރު އެގައުމުގެ މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވަނީ ސްޕެއިންގެ ދެކުނަށް ތޫފާނެއް އަރާނެ ކަމަށް ބުނެ އެލާޓް ނެރެފަ އެވެ.

ސްޕެއިން

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ