ސްޕެއިންގައި ޕައިލެޓުކަން ކިޔަވަމުން ދިޔަ ގިނަ ދަރިވަރުންތަކަކާ ހަޔަ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު ބައްދަލުކުރައްވައިފި އެވެ.
މި ބައްދަލުވުން ކުރިއަށް ގެންގޮސްފައިވަނީ އޮންލައިންކޮށެވެ.
ހަޔަ އެޑިއުކޭޝަން މިނިސްޓްރީން ބުނީ މި ބައްދަލުވުމުގައި ސަރުކާރުގެ މަތީ ތައުލީމާ ތަމްރީނުގެ ލޯނު އެހީގައި މި ވަގުތު ސްޕެއިންގައި ޕައިލެޓް ޓްރޭނިން ހަދަމުންދާ ގިނަ ދަރިވަރުންތަކެއް ބައިވެރިވެފައިވާ ކަމަށެވެ.
ވަނީ ދަރިވަރުންގެ ވާހަކަަތައް ތަފްސީލުކޮށް އަޑު އައްސަވާފައި.
ދަރިވަރުންގެ ބައެއް ކަންބޮޑުވުންތަކަށް އެކަށީގެންވާ ހައްލެއް ހޯއްދަވައިދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށް މިނިސްޓަރު ވިދާޅުވެފައިވަކަމަށް ހަޔަ އެޑިއުކޭޝަން މިނިސްޓްރީން ބުނެ އެވެ.

ސްޕެއިންގައި ކިޔަވަމުންދާ ދަރިވަރުންނަށް ގިނަ ދަތިތަކެއް ދިމާވާކަމަށް ބުނެ އެ ގައުމުގައި ކިޔަވަމުންދާ ދަރިވަރުން ވަނީ މީގެ ކުރިން ކަންބޮޑުވުން ފާޅުކޮށްފަ އެވެ. މި ކަންބޮޑުވުންތައް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދާދި ފަހުން ރައީސް އޮފީހުގައި ބޭއްވި ތާރީހީ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިން ވަނީ ރައީސާ ހިއްސާކޮށް އެކަމަށް ހައްލެއް ހޯދުމަށް ކުރައްވާ މަސައްކަތްތަކާ ގުޅޭ ސުވާލުކޮށްފަ އެވެ. ރައީސް ވިދާޅުވީ ބޭރު ގައުމުތަކުގައި ކިޔަވާ ދަރިވަރުންނަށް ދިމާވާ ދަތިތައް ހައްލު ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް ސްޕެއިން



