ފައިނޭންސިންގ ފޮރ ޑިވެލޮޕްމަންޓްގެ ހަތަރުވަނަ ބައިނަލްއަޤުވާމީ ކޮންފަރެންސް (އެފް.އެފް.ޑީ.4) ގައި ބައިވެރިވެވަޑައިގަތުމަށް ސްޕެއިންގެ ސެވިލްއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަޠީފް ރާއްޖެ ވަޑައިގެންފިއެވެ.
މި ދަތުރުފުޅުގައި ނައިބު ރައީސް ވަނީ އެފް.އެފް.ޑީ.4 ގެ ހުޅުވުމުގެ ރަސްމިއްޔާތާއި މަތީ ފެންވަރުގެ ގިނަ ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގެންފައެވެ. އަދި ”ރިފޯމިންގ ދަ އިންޓަރނޭޝަނަލް ފައިނޭންޝަލް އާކިޓެކްޗަރ އެންޑް އެޑްރެސިންގ ސިސްޓެމިކް އިޝޫސް“ މައުޟޫގައި ބޭއްވުނު މަލްޓި-ސްޓޭކްހޯލްޑަރ ރައުންޑްޓޭބަލްގައި ތަޤުރީރު ކުރައްވާފައިވެއެވެ.
ނައިބު ރައީސްގެ ވާހަކަފުޅުގައި، ދުނިޔޭގެ މާލީ ނިޒާމު އިސްލާޙުކުރުމުގެ މުހިންމުކަން ފާހަގަކުރައްވައި، ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަށް ހަމަހަމަ ތަމްސީލުކުރުން އިތުރުކުރުމަށާއި، ދެމެހެއްޓެނިވި ގޮތެއްގައި ދަރަނި ބެލެހެއްޓުމަށާއި، އިންސާފުވެރިކަމާއެކު ކްރެޑިޓް ރޭޓިންގ ދިނުމަށް ގޮވާލައްވާފައިވެއެވެ.
މި ދަތުރުފުޅުގައި ދިވެހިރާއްޖެއިން އިސްނަގައިގެން ބޭއްވި ހަރަކާތްތަކުގައި ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި، މުރަކަ އިންޝުއަރެންސް އިނީޝިއޭޓިވް ތަޢާރަފުކުރުމާއި، ޒުވާނުންނާއި އަންހެނުން ހިންގާ ވިޔަފާރިތަކަށް އިސްކަންދީގެން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އަހައްމިއްޔަތުކަން ދިނުން ފަދަ ސަރުކާރުގެ މުހިންމު މަޝްރޫޢުތައް ފާހަގަކުރައްވާފައިވެއެވެ.
އެފް.އެފް.ޑީ.4ގެ ތެރެއިން ބޭއްވުނު ”ޑެޓް ސަސްޓޭނަބިލިޓީ ސަޕޯޓް ސާވިސް“ އިވެންޓްގައި ބައިވެރިވެވަޑައިގެން، ސިޑްސް ޑެޓް ސަސްޓޭނަބިލިޓީ ސަޕޯޓް ސާވިސްއަށް ދިވެހިރާއްޖޭގެ ފުރިހަމަ އެއްބާރުލުން ލިބެމުންދާނެ ކަމުގެ ޔަޤީންކަން ނައިބު ރައީސް ދެއްވާފައިވެއެވެ. އަދި ސްޕެއިންގެ ރަސްގެފާނާއި ރާނީ އަދި ބޮޑުވަޒީރު ދެއްވި ރަސްމީ ފަރީއްކޮޅުތަކުގައިވެސް ބައިވެރިވެވަޑައިގެންފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ހުސައިން މުހައްމަދު ލަތީފް ސްޕެއިން