ލުބުނާންގައި ތިބި ތުރުކީ ރައްޔިތުން ކަނޑުމަގުން ބާލަނީ

Advertisement

Advertisement

އެންމެ ފަސް

Advertisement

ލުބުނާންގައި ތިބި ތުރުކީ ރައްޔިތުން ކަނޑުމަގުން ބާލަން މަސައްކަތް ކުރަމުންދާ ކަމަށް ތުރުކީ ސަރުކާރުން ބުނެފި އެވެ.

ރޮއިޓާސް އިން ބުނީ ތުރުކީ އިން މިގޮތަށް އިއުލާންކުރީ އިޒްރޭލުން މިދިޔަ މަހުގެ ފަހުކޮޅުން ފެށިގެން ހަމަލާ ދޭން ފެށި ލުބްނާންގައި ގިނަ އަދަދެއްގެ ތުރުކީ ރައްޔިތުން ދިރިއުޅެމުންދާތީ، އެމީހުންގެ ސަލާމަތްތެރިކަން ކަށަވަރުކުރުމުގެ ގޮތުން ކަމަށެވެ.

މިވަގުތު އިޒްރޭލުން ލުބްނާނަށް ވައިގެ ސަރަހައްދުން ހަމަލާދިނުމާއި ގުޅިގެން ބޮޑެތި އެއާލައިންތަކުން ވަނީ ލުބްނާނަށް ދަތުރުކުރުން ހުއްޓާލާފަ އެވެ. އެހެންކަމުން، މާދަމާއިން ފެށިގެން ކަނޑުމަގުން ތުރުކީ ރައްޔިތުން އަނބުރާ ގައުމަށް ގެނައުމުގެ މަސައްކަތް ތުރުކީގެ އަސްކަރީ ދެ މަނަވަރުން ފަށާނެ ކަމަށް ތުރުކީ އިން ބުނެފައި ވެއެވެ.

އެ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މި ދެ ބޯޓު އަންގާރަ ދުވަހު ލުބްނާންގެ ބެއިރޫތަށް ފުރާނެ ކަމަށް ލަފާކޮށްފަ އެވެ. މި ބޯޓުގައި ޖުމްލަ 2،000 އެއްހާ ފަސިންޖަރުންގެ ޖާގަ ހުންނާނެ ކަމަށްވެސް ބުނެފައި ވެއެވެ. އެގޮތުން ކުރިއަށް އޮތް ދުވަސްތަކުގައި ވެސް މީހުން ނެރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް ބުނެ، އެ މީހުން ނެރުމުގެ މަސައްކަތް ކުރިއަށް ގެންދާ ބޯޓުތަކުން އިންސާނީ އެހީ ލުބުނާނަށް ގެންދާނެ ކަމަށްވެސް ބުނެފައިވެ އެވެ.

ތުރުކީ ފޮރިން މިނިސްޓްރީގެ މަސްދަރަކުން ބުނީ ތުރުކީގެ 2،500 އެއްހާ ރައްޔިތުން ލުބުނާނުން ގައުމަށް ދިއުމަށް އެދިފައިވާ ކަމަށެވެ.

މީގެ ކުރިން ތުރުކީން ބުނެފައި ވަނީ ތުރުކީ މީހުން ލުބްނާނުންް އަނބުރާ ގައުމަށް ގެނައުމަށް ގާތްގަނޑަކަށް 20 ގައުމަކާ ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެކި ގައުމުތަކުގެ އެތައް ސަތޭކަ ބަޔަކު ފެރީއެއްގައި މިދިޔަ ހަފްތާގައި ލުބުނާނުން ތުރުކީއަށް އައިސްފައި ވެއެވެ.

ތުރުކީ ލުބްނާން

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ