ޝަރީއަތް ފެށެންދެން އިންޑިއާގައި ހިމޭނުން ހުރުމަށް ހަސީނާއަށް އަންގައިފި

Advertisement

އެންމެ ފަސް

Advertisement

އިންޑިއާގައި ދިރިއުޅުއްވާ ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝެއިހް ހަސީނާ ހިމޭނުން ހުންނެވުމަށް، ބަންގްލަދޭޝްގެ ވަގުތީ ލީޑަރު މުހައްމަދު ޔޫނުސް އަންގަވައިފި އެވެ.

މިގޮތަށް އެންގެވީ ހަސީނާ ބަންގްލަދޭޝްގެ ސިޔާސީ ކަންކަމުގައި އަޑު އުފުއްލަވަމުން ދާތީ އެވެ.

ޔޫނުސް ވިދާޅުވީ އިންޑިއާގައި އިންނަވައިގެން ސިޔާސީ ވާހަކަތައް ދެއްކުން އެންމެ ރަނގަޅު ނޫން ކަމަށެވެ. އަދި ހަސީނާ ގައުމަށް އެނބުރި އަންނަން ރަސްމީކޮށް އިންޑިއާ ސަރުކާރަށް ހުށަހަޅަންދެން ހިމޭނުން އިންނެވުމަށް އަންގަވާފައިވެ އެވެ.

ބަންގްލަދޭޝް ސަރުކާރުން ވަނީ ހަސީނާ ޝަރީއަތަށް ހާޒިރުކުރެއްވުމަށް ގައުމަށް އަނބުރާ ފޮނުވުމަށް އިންޑިއާ ސަރުކާރަށް ހުށަހަޅާނެ ކަމަށް ބުނެފަ އެވެ. ޔޫނުސް ވިދާޅުވީ ހަސީނާ ހިމޭނުން އިންނެވި ނަމަ، އޭނާއާއި ދެކޮޅަށް ޝަރީއަތް ކުރަން ބަންގްލަދޭޝްއިން މަސައްކަތް ނުކުރާނެ ކަމަށެވެ.

އިންޑިއާގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި ޔޫނުސް ވިދާޅުވެފައިވަނީ، އިންޑިއާއިން ”އަވާމީ ލީގު ފިޔަވައި އެހެން ސިޔާސީ ޕާޓީތަކަކީ އިސްލާމިސްޓް ޕާޓީއެއްގެ ގޮތުގައި ސިފަކޮށް، ޝެއިޚް ހަސީނާ ނެތި ގައުމު އަފްޣާނިސްތާނަށް ބަދަލުވާނެ ކަމަށް ވިސްނުން“ ބަދަލުކުރަން ޖެހޭ ކަމަށެވެ.

ހަސީނާ ބަންގްލަދޭޝްގެ ބޮޑުވަޒީރުކަމުން އިސްތިއުފާ ދެއްވައި އިންޑިއާއަށް ވަޑައިގަތީ އޮގަސްޓް 5 ގަ އެވެ. އޭގެ ފަހުން، އޮގަސްޓް 13 ވަނަ ދުވަހު ހަސީނާ ވަނީ ”އިންސާފު“ ހޯދުމަށް ގޮވާލައްވާފަ އެވެ. އަދި އޮގަސްޓް މަހުގެ ކުރީކޮޅު އޭނާގެ ވެރިކަން ބަޣާވާތަކުން ވެއްޓިގެން ދިއުން ތަހުގީގު ކުރެއްވުމަށްވެސް ގޮވާލައްވާފައިވެ އެވެ.

އިންޑިއާއި ބަންގްލަދޭޝްގެ ހީނަރުވެފައިވާ ގުޅުން އާރާސްތު ކުރަން ޖެހޭ ކަމަށް ޔޫނުސް ވިދާޅުވެފައިވެ އެވެ. މި މައްސަލައިގައި ދެ ގައުމުގެ ގުޅުން އިތުރަށް ހަރުދަނާ ކުރުމަށް މަސައްކަތް ކުރައްވާނެ ކަމުގެ އުންމީދު ފާޅުކުރައްވާފައިވެ އެވެ.

ބަންގްލަދޭޝް ޝޭހް ހަސީނާ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ