ހަސީނާއަށް 6 މަސް ދުވަހުގެ ޖަލު ހުކުމެއް އިއްވައިފި

Advertisement

އެންމެ ފަސް

Advertisement

ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝެއިޚް ހަސީނާ، ކޯޓުގެ ހުރުމަތްކެނޑި މައްސަލައެއްގައި 6 މަސް ދުވަހުގެ ޖަލު ހުކުމެއް އިއްވައިފި އެވެ.

މި ހުކުމް އިއްވާފައިވަނީ ބަންގްލަދޭޝްގެ އިންޓަނޭޝަނަލް ކްރައިމްސް ޓްރައިބިއުނަލް (އައި.ސީ.ޓީ) އިންނެވެ. ތިން މެންބަރުންގެ މައްޗަށް އެކުލެވޭ ޓްރައިބިއުނަލުން މި ހުކުމް އިއްވާފައިވަނީ ބުދަ ދުވަހު، ހަސީނާ ޤައުމުން ބޭރުގައި ހުންނަވައި، އޭނާގެ ޣައިރު ހާޒިރުގަ އެވެ.

ބަންގްލަދޭޝްގެ އައިސީޓީގެ ޗީފް ޕްރޮސެކިއުޓަރ މުހައްމަދު ތާޖުލް އިސްލާމް ނޫސްވެރިންނަށް މައުލޫމާތު ދެއްވިގޮތުގައި، މި ހުކުމް ތަންފީޒުކުރެވޭނީ ހަސީނާ ހައްޔަރުކުރެވުމުން ނުވަތަ އޭނާ އަމިއްލައަށް އެނބުރި ގައުމަށް އައުމުންނެވެ.

ދަރިވަރުންގެ އިހުތިޖާޖުތަކަށްފަހު އަމިއްލައަށް ގައުމު ދޫކޮށް، ހަސީނާ ގޮސްފައިވަނީ އިންޑިއާއަށެވެ. ފިލައިގެން ދިޔަފަހުން ހަސީނާގެ މައްޗަށް ގިނަ ދައުވާތަކެއް އުފުލާފައިވެ އެވެ.

މިހާތަނަށް ހަސީނާގެ މައްޗަށް ތިން ހައްޔަރު އަމުރެއް ނެރެފައިވެ އެވެ. ހަސީނާގެ މައްޗަށް ގިނަ ދައުވާތަކެއް ކޮށްފައިވާއިރު އޭގެތެރޭގައި ކްރައިމް އެގެންސްޓް ހިއުމޭނިޓީވެސް ހިމެނެ އެވެ. މިދައުވާ ކޮށްފައިވަނީ ހަސީނާގެ ވެރިކަމާ ދެކޮޅަށް މުޒާހަރާކުރި ދަރިވަރުންނާއި ދެކޮޅަށް ހިންގި އަމަލުތަކާ ގުޅިގެންނެވެ.

ބަންގްލަދޭޝްގެ އިންޓަނޭޝަނަލް ކްރައިމްސް ޓްރައިބިއުނަލް (އައި.ސީ.ޓީ) އުފައްދާފައިވަނީ ހަސީނާގެ ވެރިކަމުގައި 2010 ވަނަ އަހަރު އެވެ. މި ޓްރައިބިއުނަލް އުފެއްދީ 1971 ވަނަ އަހަރު ހިނގި މިނިވަންކަމުގެ ހަނގުރާމައިގައި ހިނގާދިޔަ ހަނގުރާމައިގެ ކުށްތަކުގެ ޝަރީއަތް ހިންގުމަށެވެ.

ބަންގްލަދޭޝް ޝޭހް ހަސީނާ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ