ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ބަންގްލަދޭޝް ސަރުކާރުން އެއްބާރުލުން ދޭނެކަމުގެ ޔަގީންކަން ދީފި

Advertisement

Advertisement

އެންމެ ފަސް

Advertisement

ބަންގްލަދޭޝް އިންތިގާލީ ސަރުކާރުގެ ޗީފް އެޑްވައިޒަރު ޑރ. މުހަންމަދު ޔޫނުސް، ރާއްޖޭގައި މަސައްކަތްކުރަމުންދާ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ބަންގްލަދޭޝް ސަރުކާރުގެ ފަރާތުން ފުރިހަމަ އެއްބާރުލުން ލިބޭނެކަމުގެ ޔަގީންކަން ދެއްވައިފި އެވެ.

މިޔަގީންކަން އެމަނިކުފާނު ދެއްވާފައި ވަނީ ރާއްޖެއިން ބަންގްލަދޭޝްއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޝިއުނީން ރަޝީދާ ބައްދަލުކުރެއްވުމަށްފަހު އެވެ.

މި ބައްދަލުވުމުގައި ސަފީރު ޝިއުނީން ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ނަމުގައާއި ދިވެހި ރައްޔިތުންގެ ނަމުގައި ބަންގްލަދޭޝްގެ އިސްވެރިންނާއި ރައްޔިތުންނަށް ތަހުނިޔާ ރައްދުކުރައްވާފަ އެވެ.

އަދި ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ އެއްބައިވަންތަކަމާއި ގާތް އެކުވެރިކަން އިތުރަށް ވަރުގަދަކުރުމަށް މަސައްކަތް ކުރައްވާނެކަމުގެ ޔަގީންކަން ދެއްވާފައެވެ. ހަމައެއާއެކު، ޑރ. ޔޫނުސްގެ ޒައާމަތުގައި ބަންގްލަދޭޝްއިން ހާސިލުކުރަމުންދާ ކުރިއެރުންތަކަށް ތައުރީފްކުރައްވައި، ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވޭނެ ދާއިރާތަކާ ބެހޭގޮތުން މަޝްވަރާކުރައްވާފައިވެ އެވެ.

ޑރ. ޔޫނުސް ވަނީ ރާއްޖޭގެ ސަފީރަށް މަރުހަބާ ވިދާޅުވެ، ދިވެހިރާއްޖެއާއެކު އޮތް ގާތް ގުޅުން އިތުރަށް ބަދަހިކުރުމަށް މަސައްކަތްކުރައްވާނެކަމުގެ ޔަގީންކަން ދެއްވާފަ އެވެ.

މީގެއިތުރުން، އެމަނިކުފާނު ވިދާޅުވީ ބަންގްލަދޭޝްގެ ވެރިކަމާ ހަވާލުވެވަޑައިގެންފަހުން މިވީ ކުރު މުއްދަތުގައި ރައީސް ޑރ. މުއިއްޒުއާ ދެފަހަރެއްގެ މަތިން ބައްދަލުކުރެވިފައިވާ ކަމަށާއި، މިއީ ދެ ގައުމުގެ ދެމެދު އޮތް ގާތް ގުޅުން ރަމްޒުކޮށްދޭ ކަމެއްކަމަށެވެ.

ސަފީރު ޝިއުނީން ވަނީ ބަންގްލަދޭޝްގެ ސަރުކާރުން ރާއްޖެއާމެދު ބަހައްޓަވާ ގާތްކަމަށް ޝުކުރު ދަންނަވައި، ބަންގްލަދޭޝްއަކީ ހާއްސަކޮށް މަތީ ތައުލީމާއި ވިޔަފާރީގެ ދާއިރާގައި ރާއްޖެއަށް މުހިންމު ގައުމެއްކަން ފާހަގަކުރައްވާފަ އެވެ.

އެގޮތުން، ސިއްޙީ ދާއިރާއިން މަތީ ތައުލީމް ހާސިލުކުރުމަށް ކޮންމެ އަހަރަކު ބަންގްލަދޭޝްއިން ރާއްޖެއަށް ދެމުންދާ ސްކޮލަޝިޕްގެ ފުރުސަތުތަކާއި މެޑިކަލް އިންޓާންޝިޕްގެ ފުރުސަތުތައް ސަފީރު ފާހަގަކުރެއްވި އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރާއްޖެ - ބަންގްލަދޭޝް ބަންގްލަދޭޝް ބިދޭސީން ބިދޭސީންގެ މައްސަލަ

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ