އެމްޕޮކްސްގެ ކޭސްއެއް ޕާކިސްތާނުންވެސް ފެނިއްޖެ

Advertisement

Advertisement

އެންމެ ފަސް

Advertisement

ޕާކިސްތާނުން އެމްޕޮކްސްގެ ފުރަތަމަ ކޭސްއެއް ފެނިއްޖެ އެވެ.

އެންޑީ ޓީވީއިން ރިޕޯޓްކުރިގޮތުގައި މި ބަލީގެ ފުރަތަމަ ކޭސް ރިޕޯޓްކޮށްފައިވަނީ ސައުދީ އަރަބިއްޔާއިން ޕާކިސްތާނަށް އައި އެގައުމުގެ ރައްޔިތެއްގެ ފަރާތުން ނެވެ.

މަރްދާންގައި ދިރިއުޅޭ އުމުރުން 34 އަހަރުގެ އެ ފިރިހެން މީހާ ޕާކިސްތާނަށް އައީ އޮގަސްޓް މަހުގެ ތިން ވަނަ ދުވަހު ކަމަށާއި ޕެޝަވާރަށް ދިޔަތާ މާގިނައިރުތަކެއް ނުވެ އަލާމާތްތައް ފެނިގެން ޓެސްޓް ކުރުމަށް ހޮސްޕިޓަލަށް ދިއުމުން ޕާކިސްތާންގެ މެޑިކަލް ޔުނިވާސިޓީއަކުން އޭނާގެ ޓެސްޓް އެމްޕޮކްސްއަށް ފައްސިވިކަމަށް ބުނެފައި ވެއެވެ.

އޭނާގެ ޓެސްޓްގެ ނަތީޖާ ލިބުނީ އޮގަސްޓް 13 ގަ އެވެ. އެއާއެކު، މިހާރު ޕާކިސްތާނުގެ ހެލްތް މިނިސްޓްރީން ދަނީ އޭނާއާއި ދިމާވި މީހުންގެ ކޮންޓެކްޓް ޓްރޭސިން ހަދަމުން ނެވެ. މިިދިޔަ އަހަރުން ފެށިގެން ޕާކިސްތާނުގައި 11 މީހުން މި ބަލިއަށް ފައްސިވެފައިވާއިރު އޭގެ ތެރެއިން އެކަކު މަރުވެސްވެފައިވެ އެވެ. މި ބަލި އެންމެ ފުރަތަމަ ޕާކިސްތާނުން ފެނުނީ ގައުމުން ބޭރަށް ގޮސްގެން އަނބުރާ ގައުމަށް އައި 3 ފަސިންޖަރުންގެ ފަރާތުން ނެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ރިޕޯޓްކޮށްފައިވާ ގޮތުގައި 122 ގައުމަކުން 99،518 ކޭސް ފެނިފައިވާއިރު 208 މީހުން މި ބަލީގައި މަރުވެފައިވެ އެވެ.

މި ބަލި ޖެހޭ މީހުންނަށް ބަލީގެ އަސަރުތައް 2 ހަފްތާއާއި 4 ހަފްތާގެ ނިޔަލަށް ތަޖުރިބާ ކުރެވޭނެ އެވެ.

ޕާކިސްތާނުގެ ކުރިން އިއްޔެ ސްވިޑަންއިންވެސް ވަނީ މަންކީ ޕޮކްސްގެ ފުރަތަމަ ވޭދަނައެއް ރިޕޯޓްކޮށްފަ އެވެ. އެއީ އެފްރިކާ ނޫން އެހެން ސަރަހައްދަކުން މި ބަލި ފެތުރުނު ފުރަތަމަ ފަހަރު ކަމަށް ބޭރުގެ މީޑިއާތަކުން ރިޕޯޓްކޮށްފައި ވެއެވެ.

ސްވިޑަން އަށް އެތެރެވާ މީހުންގެ ތެރެއިން މިފަދަ ކޭސްތައް އިތުރަށް ފެންނާނެ ކަމަށް ސްވިޑަން އިން ބުނެފައިވެ އެވެ. އަދި މުޅި ޔޫރަޕަށްވެސް މި ބަލި ފެތުރުން އެކަށީގެންވާއިރު ޔޫރަޕުން މިކަން އެހާ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލާ، އެކަށީގެންވާ ފިޔަވަޅު ނާޅާ ކަމަށް ސްވިޑަން އިން ތުހުމަތުކޮށްފައި ވެއެވެ.

ދުނިޔޭގެ ސިއްހަތާއި ބެހޭ ޖަމިއްޔާ، ޑަބްލިޔުއެޗްއޯ އިން މަންކީޕޮކްސް ޕަބްލިކް ހެލްތް އިމަޖެންސީއެއް ގޮތުގައި އިއުލާންކޮށްފައި ވެއެވެ.

މި ވައިރަލް އިންފެކްޝަން ހަލުވިކަމާއެކު ފެތުރެމުންދާ ކޮންގޯއާއި ކައިރީގައިވާ އެހެން ގައުމުތަކަށް މިހާރު މި ބަލި ފެތުރިފައިވާ ކަމަށް އެފްރިކާ ސެންޓާސް ފޯރ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (އެފްރިކާ ސީޑީސީ) އިން ބުނެފައި ވެއެވެ. 1970 ވަނަ އަހަރު މި ބަލި އެންމެ ފުރަތަމަ އިންސާނެއްގެ ގައިން ފެނިފައިވަނީވެސް ކޮންގޯއިން ނެވެ.

މަންކީ ޕޮކްސްގެ އަލާމާތްތަކަކީ ލިމްފް ނޯޑްސް ދުޅަވެ، ގަދައަށް ހުން އައުމާއި މުޅި ގައިގައި ދޮސް ބިހިި ނެގުމެވެ. މި ބަލި ޖެހޭ ބައެއް މީހުން މަރުވުން އެކަށީގެންވެ އެވެ. އަދި މިއީ މާބަނޑު މީހުންނާއި ކުޑަކުދިންނާއި ހައި ރިސްކް ފަރާތްތަކަށް ނުރައްކާތެރި ބަލިއެކެވެ. މިއީ ގައިންގަޔަށް އަރާ ބަލިއެއްވެސް މެއެވެ.

އެމްޕޮކްސް ޕާކިސްތާން

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ