ސައުދީ އާއި ޕާކިސްތާނުން ވަރުގަދަ ދިފާއީ އެއްބަސްވުމެއްގައި ސޮއިކޮށްފި

Advertisement

އެންމެ ފަސް

Advertisement

ސައުދީ އަރަބިއްޔާއިން ނިއުކްލިއާ ބާރެއްކަމަށްވާ ޕާކިސްތާނާއެކު ދިފާއީ އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް މިހާރު ސައުދީ އަރަބިއްޔާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.

މި އެއްބަސްވުމުގައި ސޮއިކުރުމަށްފަހު ދެ ގައުމުން ނެރުނު ޖޮއިންޓް ސްޓޭޓެމްނެޓެއްގައި ބުނެފައިވަނީ، މި އެއްބަސްވުމުގެ ދަށުން ދެ ގައުމުން ގުޅިގެން ސަލާމަތީ ކަންކަން ވަރުގަދަކުރެވޭނެ ކަމަށާއި އަދި އެ ސަރަހައްދާއި ދުނިޔޭގެ ސަލާމަތާއި ހަމަޖެހުމަށް ގުޅިގެން މަސައްކަތް ކުރެވޭނެ ކަމަށެވެ.

މީގެއުތުރުން މި ދެގައުމުން ކުރެ ގައުމަކަށް ދޭ ހަމަލާއަކީ ދެ ގައުމަށްވެސް ދެވޭ ހަމަލާއެއް ކަމަށްބެލޭނެ ކަމަށާއި، އެފަދަ ކަންކަމުގައި އަމަލުކުރާނީ އެމަގުން ބަލައިގެން ކަމަށްވެސް އެއްބަސްވުމުގައި ބުނެފައިވާކަމަށް ދެ ގައުމުން ގުޅިގެން ނެރުނު ސްޓޭޓްމަންޓްގައި ބުނެފައިވެ އެވެ.

ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް އަދި ސައުދީގެ ވަލީއަޙްދު މުހައްމަދު ބިން ސަލްމާންގެ މަޝްވަރާތަކުގައި ދެ ގައުމުންވެސް ގުޅިގެން އިތުރަށް މަސައްކަތްކުރެވޭނެ ގޮތްތަކާއި ގުޅޭގޮތުން މަޝްވަރާ ކުރެވިފައިވާ ކަމަށް މީޑިއާތަކުން ރިޕޯޓުކޮށްފައިވެ އެވެ. އަދި ދުނިޔޭގައި މިހާރު ހިނގަމުންދާ ކަންކަމާއި ގުޅޭގޮތުން މަޝްވަރާކޮށް ސަލާމަތާއި ރައްކާތެރިކަން ގާއިމުކުރެވޭނެގޮތްތަކާއި ގުޅޭގޮތުންވެސް މަޝްވަރާ ކުރެވުނު ކަމަށް ރިޕޯޓުކޮށްފައިވެ އެވެ.

ސައުދީ އަރަބިއްޔާއިން ޕާކިސްތާނާއެކު ދިފާއީ އެއްބަސްވުމެއްގައި ސޮއިކޮށްފައިމިވަނީ އިޒްރޭލުން ޤަތަރަށް ދިން ހަމަލާ ކުށްވެރިކޮށް ބޭއްވި އޯއައިސީގެ ބައްދަލުވުމަށްފަހު އެވެ. މި ބައްދަލުވުމުގައި ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް އަދި ސައުދީގެ ވަލީއަޙްދު މުހައްމަދު ބިން ސަލްމާންވެސް ބައިވެރިވެވަޑައިގެންފައިވެ އެވެ.

ސައުދީ އަރަބިއްޔާ ޕާކިސްތާން

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ