އަފްގާނިސްތާނުގައި ހިނގި ގޮވުމުގެ ޒިންމާ ޕާކިސްތާނުގެ ބޮލުގައި ޠާލިބާނުން އަޅުވައިފި

Advertisement

އެންމެ ފަސް

Advertisement

އިރުމަތީ އަފްގާނިސްތާނުގެ ޕަކްޓިކާ ޕްރޮވިންސްގައި ހިނގި ގޮވުމުގެ ޒިންމާ ޠާލިބާނުން ޕާކިސްތާނުގެ ބޮލުގައި އަޅުވައިފި އެވެ.

ޠާލިބާން ސަރުކާރުގެ ތަރުޖަމާން، ޒަބީހުﷲ މުޖާހިދު ވިދާޅުވީ ކާބުލްގައި ގޮވުމެއްގެ އަޑު އިވުނު ކަމަށާއި، އޭގެ ސަބަބު ތަޙްޤީޤު ކުރަމުންދާ ކަމަށް ބުނެފައެވެ. ”ކާބުލް ސިޓީގައި ގޮވުމެއްގެ އަޑު އިވިއްޖެ، ނަމަވެސް ކަންބޮޑުވާން ނުޖެހޭ، ހުރިހާ ކަމެއްވެސް ރަނގަޅު“ މުޖާހިދު ވަނީ ސޯޝަލް މީޑިއާގައި ބުނެފަ އެވެ.

މި ހާދިސާ ހިނގީ ޠާލިބާން އިދާރާގެ ފޮރިން މިނިސްޓަރ އަމީރު ޚާން މުއްތަޤީ، 2021 ގެ ފަހުން ފުރަތަމަ ފަހަރަށް އިންޑިއާއަށް ކުރި ދަތުރާ ދިމާކޮށެވެ. އަދި މި ހާދިސާ މި ހިނގީ އަފްގާނިސްތާނާއި ޕާކިސްތާނުގެ ގުޅުން ވަރަށް ބޮޑަށް ގޯސްވެފައިވާ ދަނޑިވަޅެއްގަ އެވެ.

ޕާކިސްތާނުން ވަނީ ޠާލިބާން ސަރުކާރުން ޕާކިސްތާން ޠާލިބާން (ޓީޓީޕީ) އަށް ހިޔާވަހިކަން ދޭކަމަށް ތުހުމަތުކޮށްފަ އެވެ.

ޕާކިސްތާނުގެ އަސްކަރިއްޔާގެ ތަރުޖަމާން އަޙްމަދު ޝަރީފް ވިދާޅުވީ ”އަފްގާނިސްތާން ބޭނުންކުރަނީ ޕާކިސްތާނަށް އެތެރެއިން ހަމަލާދޭ ބޭސްއެއްގެ ގޮތުގައި، އަދި އެކަމުގެ ހެކި އެބަހުރި“ ކަމަށެވެ. އަދި ”ޕާކިސްތާނުގެ ރައްޔިތުންގެ ފުރާނައާއި މުދާ ރައްކާތެރިކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅޭނެ އަދި އެޅެމުންދާނެ“ ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.

މި ހާދިސާއާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯދުމަށް ކުރެވުނު މަސައްކަތްތަކަށް ޕާކިސްތާނުގެ މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން އެއްވެސް ޖަވާބެއް ދީފައެއް ނުވެ އެވެ.

އަފްޣާނިސްތާން ޕާކިސްތާން

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ