މާލީ އިން ޔޫކްރެއިނާއި އޮންނަ ހާރިޖީ ގުޅުން ކަނޑާލައިފި އެވެ.
މާލީއިން ޔޫކްރެއިނާއި އޮންނަ ގުޅުން ކަނޑާލީ ރަޝިޔާގެ ވެގްނާ ހަނގުރާމަވެރިންނަށް މިދިޔަ މަހު ޔޫކްރެއިން އިން ދިން ހަމަލާގައި މާލީގެ ސިފައިންވެސް މަރުވުމާއި ގުޅިގެން ނެވެ. ވެގްނާއަށް އަމާޒުކުރި ހަމަލާގައި ވެގްނާ ހަނގުރާމަވެރިންގެ އިތުރުން މާލީގެީ ސިފައިންނަށްވެސް ގެއްލުންވެފައި ވެއެވެ.
މާލީއަށް ދިން އެ ހަމަލާގައި ޔޫކްރެއިންގެ އަތެއް އޮތް ކަމަށް އެގައުމުގެ އޮފިޝަލަކު ވިދާޅުވިކަމަށް މާލީ އިން ބުނެފައި ވެއެވެ. މާލީއިން ބުނީ ވެގްނާއިން ދިން ހަމަލާގައި 131 މާލީ ސިފައިން މަރުވި ކަަމަށެވެ.
އޭގެ އަނެއްކޮޅުން، ޔޫކްރެއިނާއި ހަނގުރާމަކުރަމުންދާ ރަޝިިޔާގެ ފޮރިން މިނިސްޓަރު ސަރްގޭ ލެވްރޯވް ވަނީ މާލީއަށް އެއްބާރުލެއްވުން ދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ.
މާލީގައި މިވަގުތު ވެރިކަން ކުރަމުންދަނީ އެގައުމުގެ އަސްކަރިއްޔާއިން ނެވެ. އަސްކަރިއްޔާއިން ވަނީ 2020 ވަނަ އަހަރުގައި މާލީގައި އޮތް ވެރިކަން ބަގާވާތަކުން ވައްޓާލާފަ އެވެ.
ވެގްނާއަކީ ރަޝިޔާގެ އަސްކަރިއްޔާއަށް މަސައްކަތްކުރާ ހަނގުރާމަވެރިންތަކެކެވެ.