ރަޝިޔާއާއި ޔޫކްރެއިނުން ގައިދީން ބަދަލުކޮށްފި

Advertisement

އެންމެ ފަސް

Advertisement

ރަޝިޔާއާއި ޔޫކްރެއިނާ ދެމެދު ހިނގަމުންދާ ހަނގުރާމައިގައި ހައްޔަރުކުރެވުނު އަސީރުން ދެ ގައުމުން ބަދަލުކޮށްފި އެވެ.

ބީބީސީ އިން ރިޕޯޓުކުރި ގޮތުގައި ޖުމްލަ 206 އަސީރުން އަނބުރާ އެމީހުންގެ ގައުމުތަކަށް ފޮނުވުމަށް ދެ ގައުމުން އެއްބަސްވެފައިވެ އެވެ.

މި އެއްބަސްވުމާ ހަމައަށް އައިސްފައިވަނީ އެކުވެރި އަރަބި އިމާރާތުގެ މެދުވެރިކަމާއެކު ދެ ގައުމުން ކުރި މަޝްވަރާތަކަށް ފަހުގަ އެވެ. މި އަސީރުން ދޫކޮށްލާފައިވަނީ ރަޝިޔާއިން ކުރިން ހިފާފައިވާ ޔޫކްރެއިންގެ ސަރަހައްދެއް ފާއިތުވި ހަފްތާތަކުގައި އަލުން އިސްތިއުމާރު ކުރުމަށްފަހުގަ އެވެ.

ރަޝިޔާގެ ޑިފެންސް މިނިސްޓްރީން މަޢުލޫމާތު ދީފައިވާ ގޮތުގައި އެ ޤައުމުގެ 103 ސިފައިން ޔޫކްރެއިނުން ދޫކޮށްލާފައިވެ އެވެ. ހޮނިހިރު ދުވަހު ޔޫކްރެއިންގެ ރައީސް ވްލަޑިމިއާ ޒެލެންސްކީ ވަނީ ”އަހަރެމެންގެ މީހުން ގައުމަށް އައިސްފި“ ކަމަށް ވިދާޅުވެ، ފޮޓޯތައް އާންމުކުރައްވާ ފައެވެ. ޒެލެންސްކީ ވިދާޅުވި ގޮތުގައި ރަޝިޔާ ޖަލުން ދޫކުރި އަސީރުންގެ ތެރޭގައި 82 ޕްރައިވެޓުންނާއި ސާޖަންޓުންގެ އިތުރުން 21 ފުލުހުން ހިމެނެ އެވެ.

ޔޫކްރެއިނުން ދޫކުރި ރަޝިޔާ ސިފައިންނަށް އަވަށްޓެރި ބެލަރޫސްގައި ”ޒަރޫރީ ނަފްސާނީ އަދި ސިއްހީ ފަރުވާ“ ދެމުންގެންދާނެ ކަމަށް ރަޝިޔާއިން ބުނެފައިވެ އެވެ. އަދި އެމީހުންނަށް އަނބުރާ ގައުމަށް އާދެވުމުގެ ކުރިން އާއިލާއާ ވާހަކަދެއްކުމުގެ ފުރުސަތު ދީފައިވާނެ ކަމަށްވެސް ބުނެފައިވެ އެވެ.

ނަމަވެސް، މި ދެ ގައުމުގެ ދެމެދުގައި ދެ އަހަރު ވަންދެން ކުރަމުންދާ ހަނގުރާމަ ނިމުމުގެ ކޮޅުމައްޗެއް ނުފެންނަ ކަމަށް ރިޕޯޓުތައް ބުނެއެވެ. މިދިޔަ މަހުވެސް ޔޫކްރެއިން އަސްކަރިއްޔާއިން ވަނީ ރަޝިޔާގެ ބޯޑަރަށް ކުއްލިއަކަށް ހަމަލާ ދީފަ އެވެ. އަދި ހޮނިހިރު ދުވަހުވެސް ރަޝިޔާގެ ފޮރިން މިނިސްޓްރީން ވަނީ ޔޫކްރެއިންގެ ޕޮކްރޮވްސްކް އަވަށުގެ ބައެއް ހިފާފަ އެވެ.

މި ހަނގުރާމައިގެ ސަބަބުން ދެ ގައުމުގެ އެތައް ރައްޔިތުންނެއް މަރުވެެ ޒަހަމްވެފައިވެ އެވެ. އަދި ގިނަ އަދަދެއްގެ މީހުންނަށް ހިޖުރަކުރަން މަޖުބޫރުވެފައިވެ އެވެ. ވުމާއެކު، ބައިނަލްއަގްވާމީ މުޖުތަމައުން ވަނީ މި ހަނގުރާމަ ހުއްޓުވުމަށް ގޮވާލާފަ އެވެ.

ރަޝިޔާ ޔޫކްރެއިން

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ