ބައިނަލްއަޤްވާމީ މައްސަލަތަކުގައި ދިވެހިރާއްޖޭގެ ސްޓޭންޑް ބަދަލެއް ނުވޭ: މިނިސްޓަރު ހަލީލް

Advertisement

އެންމެ ފަސް

Advertisement

ބައިނަލްއަޤްވާމީ މައްސަލަތަކުގައި ދިވެހިރާއްޖޭގެ ސްޓޭންޑް ބަދަލުވެފައި ނުވާކަމަށް ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މިހެން ވިދާޅުވެފައިވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.

މިނިސްޓަރުގެ ޕޯސްޓުގައި ވިދާޅުވެފައިވަނީ، އދ. ގައި ދިވެހިރާއްޖެއިން ދެމުންގެންދާ ވޯޓުތަކުން މިކަން ސާފުކޮށް ދޭހަވާކަމަށެވެ. އަދި ދިވެހިރާއްޖެއިން އަބަދުވެސް ހުރިހާ ޤައުމުތަކެއްގެ މިނިވަންކަމާއި، ސިޔާދަތީ ދައުލަތެއްގެ ގޮތުގައި ދެމިއޮތުމާއި، އަދި ސަރަޙައްދީ ސަލާމަތްތެރިކަމާ ގުޅޭ މައްސަލަތަކުގައި ނަގާފައިވާ ސްޓޭންޑަކީ އދ. ގެ ޗާޓަރާ އެއްގޮތްވާ ގޮތުގެމަތިން ނަގާފައިވާ ސްޓޭންޑެއްކަމަށް ވެސް ވިދާޅުވިއެވެ.

މީގެ އިތުރުން، ދިވެހިރާއްޖެއިން ގެންގުޅެނީ ހުރިހާ ޤައުމުތަކަކާއެކު ގާތްގުޅުމާއި އެކުވެރިކަން ދަމަހައްޓައި، އަދި ޤައުމުގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރުމަށް އިސްކަންދޭ، ދިވެހި ރައްޔިތުންގެ މަޞްލަޙަތު ކުރިއެރުވުމަށް އަމާޒުކުރެވިފައިވާ ހަމަހަމަ ބޭރު ސިޔާސަތެއްކަމަށް މިނިސްޓަރު ފާހަގަކުރެއްވި އެވެ.

މިނިސްޓަރު ހަލީލް މި މޭރުމުން ވާހަކަ ދައްކަވާފައި މިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެސްޓޯނިއާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރަޝިޔާ-ޔޫކްރޭން ހަނގުރާމައިގައި ވަކި ކޮޅަކަށް ނުޖެހި ރާއްޖެ އޮތް އޮތުން ނިމުމަކަށް ގެނެސް ޔޫކްރޭނަށް ތާއިދު ކުރަން ނިންމާފައިވާކަމަށް ވާހަކަ ދެކެވެމުންދާ ދަނޑިވަޅެއްގަ އެވެ.

ރަޝިޔާއަކީ މިވަގުތު ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތް ކުރަމުންދާ ގައުމުކަން ފާހަގަކޮށްލެވެ އެވެ.

ރަޝިޔާ ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ޔޫކްރެއިން ޔޫކްރެއިން-ރަޝިޔާ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ