އުތުރުކޮރެއާއަށްފަހު ޕުޓިން ވިއެޓްނާމަށް ވަޑައިގެންފި

Advertisement

އެންމެ ފަސް

Advertisement

އުތުރުކޮރެއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ކުރުކުރެއްވުމަށްފަހު ރަޝިޔާގެ ރައީސް ވްލަޑިމިއާ ޕުޓިން ވިއެޓްނާމަށް ވަޑައިގެންފި އެވެ.

ޕުޓިން ވިއެޓްނާމަށް ވަޑައިގަތީ މިއަދުގެ ވަގުތެއްގަ އެވެ. އޭނާ ވަޑައިގަތުމުގެ ކުރިން ޕުޓިން ވަނީ ޔޫކްރޭން ހަނގުރާމައާ ގުޅޭ ގޮތުން ވިއެޓްނާމްއިން ގެންގުޅޭ ސްޓޭންޑަށް ތައުރީފުކުރައްވާފަ އެވެ. އެއާއެކު، ވިއެޓްނާމްގެ ކޮމިއުނިސްޓް ޕާޓީގެ ނޫހުގައި ޝާއިއުކުރި ކޮލަމްގައި ޕުޓިން ވަނީ ފައިސާ ދެއްކުމާއި ހަކަތަ އަދި ވިޔަފާރީގެ ދާއިރާއިން ހޯދޭނެ ކުރިއެރުންތައް ލިސްޓްކުރައްވާފަ އެވެ.

ރަޝިޔާއިން ޔޫކްރޭނަށް ދޭ ހަމަލާތައް އެހެން ގައުމުތަކުން ކުށްވެރި ކުރިނަމަވެސް ވިއެޓްނާމުން ވަނީ އެ މަސްރަހުގައި އެއްވެސް އެއްޗެއް ބުނެފައި ނުވެ އެވެ.

17 އަހަރަށްފަހު ވިއެޓްނާމަށް ކުރެއްވި މި ދަތުރުފުޅުގައި ޕުޓިން އެގައުމުގެ ޒައީމުންނާއި ބައްދަލުކުރެއްވުމަށް ހަމަޖެހިފައި ވެއެވެ.

މި ދަތުރުފުޅުގައި ތެލާއި ގޭހުގެ ވިޔަފާރީގެ މަޝްވަރާތައް ކުރިއަށްގެންދިއުމަށް ހަމަޖެހިފައި ވެއެވެ.

 

ރަޝިޔާ ރަޝިޔާގެ ރައީސް ވްލަޑިމިއާ ޕުޓިން ވިއެޓްނާމް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ