ޒާރާ އާއި ޝިޔާމު އާއަހަރު ފެށީ އުމުރާއިން

Advertisement

އެންމެ ފަސް

Advertisement

މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދު އާއި އަނބިކަނބަލުން އައިމިނަތު ޒާރާ 2025 ވަނަ އަހަރު ފަށައިގަތީ އިސްލާމްދީނުގެ އެންމެ މާތް ދެ ސަހަރު ކަމުގައިވާ މައްކާ އާއި މަދީނާގައި އުމްރާގެ މާތް އަޅުކަން އަދާކުރަމުންނެވެ.

ރޭގެ ވަގުތެއްގައި ޒާރާ އޭނާގެ ސޯޝަލް މީޑިއާ އެކައުންޓުގައި ކުރި ޕޯސްޓުގައި ބުނެފައިވަނީ 2024 ވަނަ އަހަރުގެ އެންމެ ފަހު އިރުއޮއްސުމުގެ މަންޒަރު މި ބަލަނީ މުޅި ދުނިޔޭގައި ވެސް ހުރި އެންމެ މާތް ތަނުން ކަމަށެވެ. އޭގެ ފަހުން، މައްކާގެ ހަރަމްފުޅުގެ ފޮޓޯއަކާއެކު ޒާރާ ވަނީ ﷲ ސުބުހާނަހޫ ވަތަޢާލާއަށް ހަމްދުކުރައްވައި، އާ އަހަރު ފެށިއްޖެކަމަށް ބުނެފަ އެވެ.

ޒާރާ އާއި ސިޔާމްގެ ލޯބީގެ ވާހަކަތައް މީޑިއާގައި ފުރަތަމަ ފެތުރެން ފެށީ 2024 ވަނަ އަހަރުގެ އޮގަސްޓު މަހުގަ އެވެ. އުމުރުން 55 އަހަރުގެ ސިޔާމް އާއި 23 އަހަރުގެ ޒާރާގެ މި ކައިވެނި ވެގެންދިޔައީ ރާއްޖޭގައި ފަހުގެ ތާރީޚެއްގައި އެންމެ ގިނަ ބައެއްގެ ސަމާލުކަން ލިބުނު ކައިވެންޏަށެވެ.

ޒާރާއާ ޝިޔާމް ކައިވެނި ކުރީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 10 ވަނަ ދުވަހު އެވެ.

މެމްބަރު އަހުމަދު ސިޔާމް މުހައްމަދު

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ