ތަޖިކިސްތާން ދަނޑުގައި ރާއްޖެއަށް ނާކާމިޔާބު

Advertisement

އެންމެ ފަސް

Advertisement

އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިންގައި އިއްޔެ ތަޖިކިސްތާންގެ ދަނޑުގައި އެ ޓީމާ ދެކޮޅަށް ކުޅުނު މެޗުން 2-0 ގެ ނަތީޖާއަކުން ބަލިވެއްޖެއެވެ.

މިއީ ކޮލިފައިންގައި ރާއްޖެއިން ކުޅުނު ތިންވަނަ މެޗެވެ. ރަށުން ބޭރުގައި ރާއްޖެއިން ތިން މެޗުވެސް ކުޅެފައިވާއިރު، ފުރަތަމަ މެޗުން ބަލިވީ ފިލިޕީންސް އަތުންނެވެ. އަދި ދެވަނަ މެޗުގައި ރާއްޖެ ވަނީ ޓިމޯ ލެސްޓޭ އަތުން ހަނި ގޮތަކަށް ބަލިވެފައެވެ. ކޮލިފައިންގައި ކުރިޔަށް އޮތް ތިން މެޗުވެސް ކުޅުމަށް ހަމަޖެހިފައިވަނީ ގަލޮޅު ދަނޑުގައެވެ.

ތަޖިކިސްތާނުގެ ހިސޯރް ސެންޓްރަލް ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗު ފެށިގެން މޮޅަށް ކުޅެފައިވަނީ ތަޖިކިސްތާނުންނެވެ. އެގޮތުން، މެޗު ފެށިގެން އަށްވަނަ މިނެޓުގައި ޝަހްރޯމް ސާމިއޭވް ވަނީ ލަނޑެއް ޖަހައި ތަޖިކިސްތާން އަށް ކުރިހޯދަދީފައެވެ.

މެޗުގެ ކުރީކޮޅު ލަނޑެއް ޖެހުމާއެކު ތަޖިކިސްތަން އިން ކުޅުނީ އިތުރު ލަނޑެއް ޖަހައި ލީޑު ފުޅާކުރުމަށެވެ. އެ ޓީމުން ލީޑު ފުޅާކުރުމަށް ކުރި މަސައްކަތް ކާމިޔާބުވީ މެޗުގެ 30 ވަނަ މިނެޓުގައެވެ. އެ ޓީމުގެ ދެވަނަ ލަނޑު ޖެހީ ޝެރްވާނީ މަބޮޓްޝައޭވް އެވެ.

މި މެޗުގައި ރާއްޖެއިން ގޯލަށް ނުރައްކާކޮށް ހަމަލާތައް އުފައްދަން މަސައްކަތް ކުރިނަމަވެސް، އިދިކޮޅު ޓީމުން ވަނީ ރާއްޖޭގެ ކުޅުންތެރިން ހުއްޓުވާފައެވެ. ރާއްޖެއިން ލަނޑު ޖެހުމަށް އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ ހަސަން ރާއިފް އަހުމަދު (ހަންނަ) އަށެވެ. އިތުރު ވަގުތުގައި ހަންނަ ޖެހި ބޯޅަ އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ.

ކޮލިފައިންގެ ހަތަރުވަނަ މެޗުގައި އަންނަ އަންގާރަ ދުވަހު ރާއްޖެ ނިކުންނާނީ އަމިއްލަ ދަނޑުގައި ތަޖިކިސްތާން އާ ދެކޮޅަށެވެ.

 

އެފްއޭއެމް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ