ފަލަސްތީން ފުޓުބޯޅަ ޓީމު ރާއްޖޭގައި ކޭމްޕް ކުރުމަށް މަގުފަހިކޮށްދޭން ސަރުކާރުން ނިންމައިފި

Advertisement

އެންމެ ފަސް

Advertisement

ފަލަސްތީން ފުޓުބޯޅަ ޓީމު ރާއްޖޭގައި ކޭމްޕް ކުރުމަށް މަގުފަހިކޮށްދޭން ސަރުކާރުން ނިންމައިފި އެވެ.

މިގޮތަށް ނިންމާފައިވަނީ ސްޕޯޓްސް މިނިސްޓަރު ޢަބްދުﷲ ރާފިޢު، ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ އިސްވެރިންނާއެކު މިއަދު ބޭއްވެވި ބައްދަލުވުމެއްގަ އެވެ.

މި ބައްދަލުވުމުގައި އޭއެފްސީ 17 އަހަރުން ދަށުގެ އޭޝިއަން ކަޕް ކޮލިފައިންގައި ވާދަކުރާ ފަލަސްތީނުގެ ޤައުމީ ޓީމު ރާއްޖޭގައި ކޭމްޕް ކުރުމުގެ މަގު ފަހިކޮށްދިނުމަށް ވަނީ ނިންމާފަ އެވެ.

މިނިސްޓަރ ރާފިޢު އާއި އެފްއޭއެމްގެ އިސްވެރިންނާ ދެމެދު ބޭއްވުނު ބައްދަލުވުމުގައި، ފަލަސްތީނުގެ ޓީމުގެ ކޭމްޕް ރާއްޖޭގައި ބޭއްވުމަށްޓަކައި ކުރަންޖެހޭ އިންތިޒާމުތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނެވެ.

މި ނިންމުމަކީ ފަލަސްތީނާއި ދިވެހިރާއްޖެއާ ދެމެދު އޮތް ގުޅުން އިތުރަށް ހަރުދަނާކޮށް، ކުޅިވަރުގެ ދާއިރާއިން ފަލަސްތީނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެޅޭ މުހިންމު ފިޔަވަޅެއްކަމަށް ސްޕޯޓްސް މިނިސްޓްރީން ފާހަގަކުރެ އެވެ.

ފަލަސްތީނުގެ ފުޓްބޯޅަ ފެޑަރޭޝަނުން އެ ޤައުމުގެ ޓީމު ރާއްޖޭގައި ކޭމްޕުކުރުމަށް އެދުމުން އެފްއޭއެމް އިން ވަނީ އެ ފުރުސަތު ފަހިކޮށްދޭން ނިންމާފަ އެވެ. އެގޮތުން އެ ޓީމު ރާއްޖޭގައި ހޭދަ ކުރާ މުއްދަތުގައި ފަލަސްތީނުގެ ޓީމާއެކު ރާއްޖޭގެ 17 އަހަރުން ދަށުގެ ޓީމު އެކުވެރިކަމުގެ ދެ މެޗު ކުޅުމަށް ވަނީ ހަމަޖެހިފަ އެވެ.

އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިންގައި ފަލަސްތީނުގެ ގްރޫޕުގައި އޮތީ އިރާން، އިންޑިއާ، ޗައިނީސް ޓައިޕޭ އަދި ލުބުނާނެވެ.

ރާއްޖެ - ފަލަސްތީން އެފްއޭއެމް މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިޤް (ޓޮމް) މިނިސްޓަރ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން ޑރ. އަބްދުﷲ ރާފިއު މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ