ރައީސް ޤައުމީ ފުޓުބޯޅަ ޓީމަށް ގުޅުއްވައި މަރުހަބާ ވިދާޅުވެެ، ހިތްވަރުދެއްވައިފި

Advertisement

އެންމެ ފަސް

Advertisement

ސްރީލަންކާގައި ކުރިއަށްދާ ”ސައުތު އޭޝިއަން ސުޕަރ ކަޕް 2025“ ގައި ބައިވެރިވާ ދިވެހި ޤައުމީ ފުޓުބޯޅަ ޓީމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ފޯނުން ގުޅުއްވައި މަރުހަބާ ވިދާޅުވެ ހިތްވަރުދެއްވައިފިއެވެ.

ރައީސް އޮފީހުން މިއަދު ދެއްވި މައުލޫމާތުގައިވާ ގޮތުން، ރައީސް މުއިއްޒު ވަނީ މިއަދު ހެނދުނު ޤައުމީ ޓީމުގެ ކޯޗް މުހައްމަދު ޝިޔާޒު (މޯހަން) އަށް ގުޅުއްވައި، އިއްޔެ ކުޅުނު މެޗުން ޤައުމީ ޓީމް ހޯދި ކާމިޔާބީއަށް މަރުހަބާ ވިދާޅުވެފައެވެ.

މީގެއިތުރުން ރައީސް ވަނީ ކުރިއަށް އޮތް މެޗްތަކުގައި ކާމިޔާބީ ހޯދުމަށް ހިތްވަރާއެކު މަސައްކަތްކުރުމަށާއި، ”ފުޓްބޯޅައިގައި ދިވެހި ޤައުމަށް ރަންވަނަތަކެއް ހޯދައިދިނުމަށް ޤައުމީ ޖޯޝާއެކު މަސައްކަތްކުރުމަށް“ އެދިވަޑައިގެންފައެވެ.

ރައީސް އޮފީހުން ފާހަގަކުރި ގޮތުގައި، ރައީސް ޓީމަށް ގުޅުއްވައި މަރުހަބާ ވިދާޅުވުމަކީ ޓީމަށް ލިބުނު އިތުރު އުފަލަކާއި ހިތްވަރެއް ކަމަށް ކޯޗް މޯހަން ވިދާޅުވިއެވެ. އަދި ”ރައީސް އެދިވަޑައިގެންނެވި ގޮތަށް ދިވެހި ފުޓްބޯޅައަށާއި ރައްޔިތުންނަށްޓަކައި ފުޓްބޯޅައަށް ރީތިނަން ހޯދައިދިނުމަށް ކުރިއަށް އޮތް މެޗްގައި އިތުރަށް ހިތްވަރުކޮށް، ތަށި ކާމިޔާބުކުރުން“ އެއީ އުންމީދު ކަމުގައި ކޯޗް މޯހަން ވިދާޅުވިއެވެ.

ސައުތު އޭޝިއަން ސުޕަ ކަޕަކީ މިވަގުތު ސްރީލަންކާގައި ކުރިއަށްދާ މުބާރާތެކެވެ. މި މުބާރާތުގައި ދިވެހި ޤައުމީ ޓީމުން ވަނީ ފާހަގަކޮށްލެވޭ ކުޅުމެއް ދައްކުވައިދީފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެފްއޭއެމް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ